ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 11:56
މައްކާގެ ގަވަރުނަރ ވިދާޅުވީ ޤަތަރުގެ ހައްޖުވެރިން އަދި އެގައުމަށް ނުދާކަމަށް
މައްކާގެ ގަވަރުނަރ ވިދާޅުވީ ޤަތަރުގެ ހައްޖުވެރިން އަދި އެގައުމަށް ނުދާކަމަށް
އަލްޖަޒީރާ
ގަތަރުގެ މައްސަލަ
ގަތަރުގެ ރައްޔިތުން ހައްޖަށް ދިއުން އެގައުމުން މަނާކުރާ ކަމަށްކުރާ ތުހުމަތު ދޮގުކޮށްފި
ސައުދީ އަރަބިއްޔާއިން ވަނީ ގަތަރާއި ގުޅުން ކަނޑާލާފައި
ގަލްފުގެ ގައުމުތަކުގެ ރައްޔިތުން ހައްޖަށްދަނީ ދުވަސް ކައިރިވުމުން
މި އަހަރުގެ ހައްޖު ދުވަހަކީ އޯގަސްޓްމަހުގެ 20 ވަނަ ދުވަސް

ގަތަރުގެ ރައްޔިތުން ހައްޖަށް ދިއުން އެ ގައުމުން މަނާކުރާ ކަމަށް ކުރާ ތުހުމަތު އެ ގައުމުން ދޮގު ކޮށްފި ކަމަށް ޤަތަރު ނިއުސް އޭޖެންސީއިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ރިލިޖަސް އެފެއަރސްގެ މިނިސްޓްރީގެ އިދާރާތަކުން ބުދަ ދުވަހު ވަނީ އެ ގައުމުގެ ރައްޔިތުން ހައްޖުވުމަށް މައްކާއަށް ދިއުން މަނާކުރާ ކަމަށް ކުރާ ތުހުމަތަށް އިންކާރު ކޮށްފައެވެ.

ގަތަރުން ބުނެފައިވަނީ އެގަމުގެ ރައްޔިތުން ހައްޖަށް ދިއުމުގައި ދިމާވެދާނެ ހުރަހެއް އޮތްނަމަ އެކަމެއް ހައްލު ކުރުމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކާއި ގުޅަމުންދާ ކަމަށެވެ.

މައްކާގެ ގަވަރުނަރު ޚާލިދް ބިން ފައިސަލް އަލް ސައުދު ވިދާޅުވީ ޤަތަރުގެ ހައްޖުވެރިން އަދި އެގައުމަށް ނުދާ ކަމަށެވެ.

ގަތަރުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ބުނެ އެ ގައުމާއިއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ސައުދީ އަރަބިއްޔާއާއި، ޔޫއޭއީއާއި ބަހްރެއިނާއި މިސްރުންވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަނޑާލާފައެވެ.

އެ ގައުމުތަކުން މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ގަތަރާއި ގުޅުން ކަނޑާލާފައިވާއިރު އެ ގައުމުތަކުން ކުރާ ތުހުމަތު ގަތަރުން ދޮގު ކުރެއެވެ.

ޤަތަރުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ޔޫއޭއީއިން ވަނީ ގަތަރާމެދު ތަފާތުކޮށް ސިލްސިލާ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ގަތަރުގެ ރައްޔިތުން އެ ގައުމުން ފޮނުވާލުމާއި ،އެ ގައުމުގެ ރައްޔިތުން ޔޫއޭއީއަށް ދިއުމާއި، އެ ގައުމު ހުރަސްކުރުމާއި ،އެ ގައުމުގެ ވައިގެ ސަރަހައްދު މަނާކުރުމާއި އަދި ކަނޑުގެ ބަނދަރުތައް ބޭނުންކުރުން މަނާ ކޮށްފައިވެއެވެ.

ގަތަރަށް ފިޔަވަޅުއެޅި ގައުމުތަކުގެ ތެރެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) އިން، އިންސާނީ ހައްގުތަކަށް އަރައިގެންފައިވާކަމަށް ބުނެ ގަތަރުންވަނީ ދަ ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ޖޫންމަހުގެ ތެރޭގައި މައްސަލަ ހުށަހަޅާފައެވެ.

 

- ކޮމެންޓް