ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 08:12
ޒަނޫ-ޕީއެފް ޕާޓީން އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަނީ
ޒަނޫ-ޕީއެފް ޕާޓީން އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަނީ
މުހައްމަދު ޝަރުހާން
ޒިމްބާބުވޭގެ އިންތިޚާބު
ޒިމްބާބުވޭގެ އިންތިޚާބު: ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ވެރިކަންކުރާ ޕާޓީން ކާމިޔާބު ކޮށްފި
ޒަނޫ-ޕީއެފް ޕާޓީން 109 ގޮނޑި ހޯދި
އެމްޑީސީ އިއްތިހާދަށް ލިބިފައިވަނީ އެންމެ 41 ގޮނޑި

ޒިމްބާބުވޭގެ ގާނޫނު ހަދާ މަޖިލީހުގެ 109 ގޮނޑި ހޯދައި ސާފު އަޣުލަބިއްޔަތާއިއެކު މަޖިލީހުގެ އިންތިޚާބު ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީން ކާމިޔާބު ކޮށްފި ކަމަށް އެގައުމުގެ އިންތިޚާބާއި ބެހޭ ކޮމިޝަނުން ބުނެފިއެވެ.

އިދިކޮޅު މޫވްމެންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) އިއްތިހާދަށް ލިބިފައިވަނީ އެންމެ 41 ގޮނޑި ކަމަށްވާއިރު އަދި 58 ދާއިރާއެއްގެ ނަތީޖާ ސާފު ނުކުރެވޭ ކަމަށް އިންތިޚާބާއި ބެހޭ ކޮމިޝަނުން ބުދަ ދުވަހު ބުންޏެވެ.

މި އިންތިޚާބަކީ އެގައުމުގައި ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ރޮބަރޓް މުގާބޭ މިދިޔަ އަހަރުގެ ނޮވެމްބަރު މަގާމުން ދުރުކުރުމަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ.

ހޯމަ ދުވަހު ވަނީ ރިޔާސީ އިންތިޚާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާއި، ލޯކަލް އިންތިޚާބު އެކުގައި ކުރިޔަށް ގެންގޮސްފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ކޮން ބޭފުޅެއްކަން އިލެކްޓޯރަލް ކޮމިޝަނުން އިއުލާނެއް ނުކުރެއެވެ.

އިދިކޮޅު ކެނޑިޑޭޓު ނެލްސަން ޗެމީސާވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިފައިވާ ކަމަށް އިއުލާނު ކުރައްވާފައެވެ. ނަމަވެސް އިލެކްޓޯރަލް ކޮމިޝަނުން ވަނީ އެކަން ދޮގުކޮށްފައެވެ.

އޭގެ ގަޑިއިރުކޮޅެއް ފަހުން ރައީސް އެމަރސަން ނަންގަގްވާވަނީ އިންތިޚާބުގެ ނަތީޖާ އާއިމެދު ބެލެވެނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ވަރަށް އުފާކުރަން ވޯޓުލުމަށް ނުކުތް އަދަދާއިމެދު އަދި މިހާތަނަށް ރައްޔިތުންންގެ ބައިވެރިވުން އޮތް މިންވަރާއިމެދު.މަރުކަޒުތަކުގައި ތިބި އަޅުގަނޑުމެންގެ މަންދޫބުން މައުލޫމާތަށް ބަލާއިރު އިންތިހާއަށް ޕޮޒިޓިވް" އުމުރުފުޅުން 75 އަހަރުފުޅުގެ ނަންގަގްވާ ޓްވިޓަރގައި ވިދާޅުވެފައިވެއެވެ.

އެއްވެސް ކެނޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ ލިބިވަޑައިގެންފައި ނުވާނަމަ އިންތިޚާބުގެ ދެވަނަ ބުރެއް ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ބާއްވާނެއެވެ.

އިންތިޚާބުގައި ވޯޓުލުމަށް ޒިމްބާބުވޭގެ ފަސް މިލިއަނަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ. އިލެކްޓޯރަލް ކޮމިޝަނުން ބުނީ ރެޖިސްޓަރ ކުރި މީހުންގެ ތެރެއިން 1.3 ޕެސެންޓް މީހުން ވޯޓްލާ މަރުކަޒުތަކަށް ގޮސް ހުށަހެޅި ލިޔެކިއުން ނުބައިވުމުގެ ސަބަބުން ވޯޓްނުލެވިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާއަށް އިންތިޚާބު މޮނިޓަރ ކުރުމުގެ ފުރުސަތުދީފައެވެ. މިއީ 2002 ވަނަ އަހަރަށް ފަހު އެގައުމުގައި އެގޮތަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްލަ 23 ކެނޑިޑޭޓަކު ވާދަކުރައްވާފައިވާއިރު 19 ފިރެހެނުންނާއި ހަތަރު އަންހެނުން ހިމެނެއެވެ. މިއިން ކޮންމެ ކެނޑިޑޭޓަކީވެސް އަލަށް ވާދަކުރެއްވި ބޭފުޅުންނެވެ.

 

 

- ކޮމެންޓް