ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 11:22
އެމްބްރެއަރ 190 ޖެޓް ވެއްޓުނީ އަންގާރަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާކަންހާ އިރު
އެމްބްރެއަރ 190 ޖެޓް ވެއްޓުނީ އަންގާރަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާކަންހާ އިރު
މުހައްމަދު ޝަރުހާން
އެއިރޯމެކްސިކޯ
މެކްސިކޯގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވެއްޓިއްޖެ
ބޯޓުގައި 97 ފަސިންޖަރުންނާއި ހަތަރު ކްރޫ މެމްބަރުން ތިބި
ބޯޓް ވެއްޓުނީ ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި
އެއްވެސް މީހަކު މަރުވެފައެއް ނުވޭ

އެއިރޯމެކްސިކޯގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް މެކްސިކޯގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ދުރަންގޯއަށް ވެއްޓިއްޖެއެވެ.

އެ ސްޓޭޓްގެ ގަވަރނަރ ވަނީ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަން ކަށަވަރުކޮށްދެއްވާފައެވެ.

މެކްސިކޯ ސިޓީން ފުރި އެމްބްރެއަރ 190 ޖެޓް އަންގާރަ ދުވަހުގެ ހަވީރު ހަތަރެއްޖަހާކަންހާއިރު ވެއްޓުނުއިރު ބޯޓުގައި 97 ފަސިންޖަރުންނާއި ހަތަރު ކްރޫ މެމްބަރުން ތިބި ކަމަށް މެކްސިކޯގެ ކޮމިއުނިކޭޝަން އެންޑް ޓްރާންސްޕޯޓް މިނިސްޓަރ ޚިރާރްދޯ ރުއީޒް އެސްޕަރްޒާ ޓްވިޓަރގައި ވިދާޅުވެފައި ވެއެވެ.

އެ ގައުމުގެ ޓީވީ ޗެނަލްއެއްގައި ވާހަކަދައްކަވަމުން ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީގެ ތަރުޖަމާނު އަލެހަންދްރޯ ކަރްދޯސާ ވިދާޅުވީ ބޯޓް ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއަރޕޯޓާއި 10 ވަރަކަށް ކިލޯމީޓަރ ދުރަށް ކުއްލިހާލަތުގައި ޖައްސާފައިވާ ކަމަށެވެ.

ކަރްދޯސާ ވިދާޅުވީ 85 ވަރަކަށް މީހުން ޒަޚަމްވި ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ. ބޯޓް ވެއްޓުމާ ގުޅިގެން އަލިފާން ރޯވިއެވެ. 

"ވަރަށް ގިނަ މީހުން ހުސްފަޔާ ބޯޓުން ނުކުތް" އޭނާ ވިދާޅުވިއެވެ.

 

- ކޮމެންޓް