ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 22:19
މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން
މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން
އޭއެފްޕީ
ޕާކިސްތާން
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާ އިމްރާން ޚާން އޯގަސްޓް 11 ގައި ކުރައްވަނީ
އިމްރާން ޚާން ގެންދަވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށްޓަކައި ކުޑަ ޕާޓީތަކާ މަޝްވަރާ ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން ކަަމަށް ރިޕޯޓުތައް ބުނޭ

ޕާކިސްތާނުގައި ދާދިފަހުން ބޭއްވި އާއްމު އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދެވި އިމްރާން ޚާން އަންނަ އޯގަސްޓް 11 ގައި ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް 116 ގޮނޑި ދާދިފަހުން ބޭއްވި އާއްމު އިންތިޚާބުގައި ލިބިފައިވާއިރު މިއީ އިމްރާންޚާންގެ ޕާޓީ އަށް އެކަނި ސަރުކާރެއް އެކުލަވާލެވޭނެ މިންވަރެއް ނޫނެެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 137 ގޮނޑި ބޭނުންވެއެވެ. ރިޕޯޓުތައް ބުނާގޮތުން އިމްރާން ޚާން ގެންދަވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށްޓަކައި ކުޑަ ޕާޓީތަކާ މަޝްވަރާ ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން ކަަމަށް ރިޕޯޓުތައް ބުނެއެވެ. 

ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އާއްމު އިންތިޚާބުގައި ލިބިފައި ވަނީ 66 ގޮނޑި ކަމަށްވާއިރު، ޕީޕީޕީ އަށް ލިބިފައި ވަނީ 43 ގޮނޑިއެވެ. 

ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އިންތިޚާބުގައި ވޯޓު އޮޅުވާލުމުގެ ކަންކަން ހިނގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އެކުލަވާލާގާނޫނު ހަދާ އާ މަޖިލިސް އެމަނިކުފާނު ގަބޫލުފުޅުކުރައްވާނެ ކަމަށާއި އެހެން ނަމަވެސް އިންތިޚާބުގެ ނަތީޖާއާ މެދު ރިޒަވޭޝަންތަކެއް އެބަހުރި ކަމަށެވެ. ގައުމުގެ ޑިމޮކްރަސީއަށްޓަކައި އާއްމު އިންތިޚާބުގެ ނަތީޖާ ގަބޫލުކުރާނެ ކަަމަށް ޕީއެމްއެލް-އެން ޕާޓީ އިން ބުނެއެވެ. 

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފައި ވަނީ އާއްމު އިންތިޚާބުގެ ކުރިން، އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ސިޔާސީ ހަރަކާތް ހިންގުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ފާޑުކިޔާފައެވެ. އެމެރިކާ އިން ވެސް ވަނީ ހަމަ މިމޭރުމުން ފާޑުކިޔާފައެވެ. 

 

- ކޮމެންޓް