ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 15:47
ޓުރަމްޕް އާންމުންނާ މުޚާތަބްކޮށް ބޮޑު ފާރާއި ބެހޭ ވާހަކަ ދައްކަަވަނީ
ޓުރަމްޕް އާންމުންނާ މުޚާތަބްކޮށް ބޮޑު ފާރާއި ބެހޭ ވާހަކަ ދައްކަަވަނީ
ގޫގުލް
އެމެރިކާގެ ކޯޅުން
ބޮޑު ފާރު ރާނަން ބަޖެޓް ނުދީފިނަމަ ސަރުކާރު ހުއްޓުވާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
އިމިގްރޭޝަން ސިސްޓަމް ވަނީ ބޮޑު ތަނުން ފެއިލްވެފައި
ޓުރަމްޕްގެ ޕާޓީއަށް ވޯޓް ކާމިޔާބު ކުރުމަށް އަގްލަބިއްޔަތެއް ނުލިބޭ
ވޯޓް ކާމިޔާބު ނުވަންޏާ ސަރުކާރު ހުއްޓުވާނެ

މެކްސިކޯއާއި އެމެރިކާއާއި ދެމެދުގައި އަޅާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވައުދުވި 25 ބިލިއަން ޑޮލަރުގެ ފާރު ރާނަން ބަޖެޓް ނުދީފިނަމަ ސަރުކާރު ހުއްޓުވާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އިމިގްރޭޝަން ސިސްޓަމްވަނީ ބޮޑު ތަނުން ފެއިލްވެފައި ކަމަށާއި އެކަން ރަގަނޅު ކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. އެ ފާރުގެ ސަބަބުން މެކްސިކޯގެ މަގުން ގަވާއިދާ ޚިލާފަށް އެމެރިކާއަށް އެތެރެވާ މީހުން ހުއްޓުވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެ ފާރު ރޭނުމަށާއި އިމިގްރޭޝަން ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޚަރަދު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅައިފައިވާ ބަޖެޓު ފާސް ކުރުމަށް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީއަށް ވޯޓު ކާމިޔާބުކުރުމަށް ބޭނުންވާ އަގުލަބިއްޔަތު ނެތުމުން އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުން ލިބިގެން ނޫނީ ބަޖެޓް ވަނީ ފާސް ކުރެވޭގޮތް ނުވެފައެވެ.

ޓްރަމްޕް ވަނީ އިދިކޮޅު ޕާޓީތަކުން އިމިގްރޭޝަންގެ ބިލް، ފާރުވެސް ހިމެނޭގޮތަށް ފާސް ކުރަން އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. ޚާއްސަކޮށް އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ، ޑިމޮކްރެޓިކް ޕާޓީން އެއްބާރުލުން ދިނުމަށް ވަނީ ގޮވާލާފައެވެ. ޑިމޮކްރެޓިކް ޕާޓީން އިމިގްރޭޝަނުގެ ބަޖެޓު ފާސް ކުރުމަށް ތާއީދު ނުކުރާނަމަ ސަރުކާރު ހިންގަން ބޭނުންވާ އެހެން ބަޖެޓްތައް ފާސް ކުރުމަށް ނަގާ ވޯޓުތަކުގައި ރިޕަބްލިކަން ޕާޓީން ބައިވެރި ނުވާނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ބަޖެޓް ފާސް ކުރުމުގައި އެއްވެސް ލަސް ކަމެއް އައިސްފިނަމަ ސެޕްޓަމްބަރު މަސް ނިމޭއިރަށް އިދާރާތްތައް ހިންގުމަށް ނުކުޅެދޭނެއެވެ.

ޓްރަމްޕް ވަނީ މި އަހަރުގެ ކުރީކޮޅު ވެސް އިމިގްރޭޝަން ކަންތައް ހައްދުން ނައްޓައިފައިވާ ކަމަށް ވިދާޅުވެ ދެ ފަހަރެއްގެ މަތިން ސަރުކާރު ހުއްޓުވާނެ ކަމަށް ބުނެފައެވެ. ފައިސާ ހުސްވެގެން އޮކްޓޯބަރު މަހު ސަރުކާރުގެ ހުއްޓިއްޖެނަމަ އެކަން ވެގެންދާނީ ގާނޫނު ހަދާ މަޖްލީހަށް މެމްބަރުން އައްޔަން ކުރުމުގެ އެއް މަސް ކުރިން ހިނގާނެ ކަމަކަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖްލީހުގެ މެމްބަރުންގެ އިންތިޚާބު ދެ އަހަރުން އެއް އަހަރުން ބާއްވައެވެ. އަދި އިންތިޚާބު އޮންނަނީ ނޮވެމްބަރު މަހުއެވެ.

- ކޮމެންޓް