ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 10:08
މައުންޓް ރިންޖާނީގައި މިހާތަނަށް 266 މީހަކު އަދިވެސް ނުބޭލުވި އެބަތިބި ކަމަަށް އޮފިޝަލުން ބުނޭ
މައުންޓް ރިންޖާނީގައި މިހާތަނަށް 266 މީހަކު އަދިވެސް ނުބޭލުވި އެބަތިބި ކަމަަށް އޮފިޝަލުން ބުނޭ
މުހައްމަދު ޝަރުހާން
ލޮމްބޮކްއަށް އައި ބިންހެލުން
ލޮމްބޮކްއަށް އައި ބިންހެލުން: ފަރުބަދައަށް އެރި ބަޔަކު ތާށިވެފައި
މި ބިންހެލުމުގައި މަދުވެގެން 14 މީހުން މަރުވި
ބިންހެލުން އައީ 6.4 މެގްނިޓިއުޑްގައި
މި ބިންހެލުމަށްފަހު 60 އަށްވުރެ ގިނަ ގުޑުން އައިސްފައިވޭ

އިންޑޮނީޝިއާގެ މެދުތެރޭގެ ރަށެއް ކަމަށްވާ ލޮމްބޮކަށް 6.4 މެގްނިޓިއުޑްގައި އާދީއްތަ ދުވަހު އައި މި ބިންހެލުމަށްފަހު، ފަރުބަދަ މަތީގައި 200އަށްވުރެ ގިނަ މީހުން ފޭބޭނެ ގޮތެއް ނެތި ތާށިވެއްޖެއެވެ.

މައުންޓް ރިންޖާނީގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް, މީހުން ސަލާމަތް ކުރުމުގައި މަސައްކަތްކުރާ އެތައް ސަތޭކަ މީހަކު ދަނީ މަސައްކަތްކުރަމުންނެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު ލޮމްބޮކްގައި ހުންނަ މައުންޓް ރިންޖާނީއަކީ ވެސް ފަރުބަދައަށް އަރާ އުޅޭ ފަރާތްތަކުގެ މެދުގައި މަގުބޫލުތަނެކެވެ.

އާދީއްތަ ދުވަހު އައި ބިންހެލުން އައިސްފައި ވަނީ ފަރުބަދައިގެ ބުޑުންނެވެ. އެ ބިންހެލުމުގައި މަދުވެގެން 14 މީހުން މަރުވެ 160 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

އެތައް ހާސް ގެއެއް ހަލާކުވިއިރު އެތައް ސަތޭކަ ބަޔަކު ގެދޮރު ގެއްލުނެވެ. ބިންހެލުމަށްފަހު އައި ގުޑުންތަކުގެ އަސަރު ލޮމްބޮކްގެ އިތުރުން އަވަށްޓެރި ބާލީއަށްވެސް ކޮށްފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޝައުގެވެރިވާ ލޮމްބޮކް އޮންނަނީ ޓޫރިސްޓް މަންޒިލެއް ކަމަށްވާ ބާލީގެ އިރުން 40 އަކަށް ކިލޯމީޓަރު ދުރުމިނުގައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެފައިވާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ލޮމްބޮކްގެ އުތުރުގެ ސިޓީއެއް ކަމަށްވާ މަޓަރަމްގެ އިރުއުތުރުން 50 ކިލޯ މީޓަރުންނެވެ.

މި ބިންހެލުމަށް ފަހު 60 އަށް ވުރެ ގިނަ ގުޑުން އައިސްފައިވާއިރު އެންމެ ބާރުގަދަކޮށް އައިސްފައިވަނީ 5.7 މެގްނިޓިއުޑްގައެވެ.

މަރުވި މީހުންގެ ތެރޭގައި ފަރުބަދައަށް އެރި މެލޭޝިއާގެ ޓޫރިސްޓަކު ހިމެނެއެވެ. އޭގެ އިތުރުން ވެއްޓުނު ހިލަތަކުން ޖެހި ފަރުބަދައަށް އަރާ  އިންޑޮނީޝިއާގެ ޒުވާނަކު ވަނީ މަރުވެފައެވެ.

މައުންޓް ރިންޖާނީގައި ތާށިވެފައިތިބި ޓޫރިސްޓުންގެ ތެރޭގައި ފްރާންސާއި، ތައިލެންޑާއި، ނެދަލޭންޑާއި، މެލޭޝިއާގެ ޓޫރިސްޓުން ހިމެނެއެވެ.

ކަމާއިބެހޭ އިދާރާތަކުން ބުނާ ގޮތުގައި 500 އަށްއަވުރެ ގިނަ ޓޫރިސްޓުން ފަރުބަދަ މަތިން ބޭލުވިފައިވެއެވެ. އޭގެތެރޭގައި ގިނައީ ބޭރު ގައުމުތަކުގެ ޓޫރިސްޓުންނެވެ. މިހާތަނަށް 266 މީހަކު އަދިވެސް ނުބޭލުވި ފަރުބަދަ މަތީގައި އެބަ ތިއްބެވެ. ހެލި ކޮޕްޓަރުތަކުން ދަނީ ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

- ކޮމެންޓް