ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 13:18
ޑްރެގޮސްލާވް އޮންޖަނޮވިޗް މަރާލާފައިވަނީ އޭނާގެ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ބޭރުގައި ހުއްޓައި
ޑްރެގޮސްލާވް އޮންޖަނޮވިޗް މަރާލާފައިވަނީ އޭނާގެ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ބޭރުގައި ހުއްޓައި
ރޮއިޓަރސް
މިލޯސްވިޗްގެ ވަކީލު މަރާލުން
ސްލޮބޮޑާން މިލޯސްވިޗްގެ ވަކީލުގެ ގަޔަށް ބަޑިޖަހައި މަރާލައިފި
26 އަހަރުގެ ފިރެހެން ދަރިފުޅުވެސް ޒަޚަމްވި
މާފިއާގެ ބޮޑެތި މައްސަލަތަކުގައިވެސް އޮންޖަނޮވިޗް މަސައްކަތްކުރެއްވި

ހަނގުރާމައިގެ ޖަރީމާ ހިންގެވުމުގެ ކުށުގައި ދައުވާކުރެވުނު ސަރބިއާގެ ކުރީގެ ލީޑަރު ސްލޮބަޑާން މިލޯސެވިޗްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރި މަޝްހޫރު ގާނޫނީ ވަކީލުގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

އުމުރުން 57 އަހަރުގެ ޑްރެގޮސްލާވް އޮންޖަނޮވިޗް މަރާލާފައި ވަނީ ސަރބިއާގެ ވެރިރަށް ބެލްގްރޭޑްގައި އޭނާގެ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ބޭރުގައި ހުއްޓައި ހޮނިހިރު ދުވަހުއެވެ.

ދާޚިލީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަޑި ޖެހުމުގެ ތެރޭގައި އުމުރުން 26 އަހަރުގެ ފިރެހެން ދަރިފުޅުވެސް ޒަޚަމްވި ކަމަށެވެ.

އޮންޖަނޮވިޗް ވަނީ 2000 ގެ ކުރީ ކޮޅުގެ އަހަރުތަކުގައި ދަ ހޭގް ގައި ކުރިޔަށް ގެންދިޔަ މިލޯސެވިޗްގެ ޝަރީއަތުގައި ވަކީލުންގެ ޓީމުގައި މަސައްކަތްކުރައްވާފައެވެ.

ސަރބިއާގެ ކުރީގެ ރައީސް ހައްޔަރުކޮށްފައިވަނީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން އދގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައިހުރީ ނަސްލުނެތިކޮށްލުމުގެ ޖަރީމާއާއި ހަނގުރާމައިގެ އެހެނިހެން ޖަރީމާ ހިންގުމުގެ ކުށުގައެވެ.

އޭނާގެ މައްޗަށް ތިން މައްސަލައެއްގައި ދައުވާކުރެވޭއިރު އެއްކަމަކީ ކޮސޯވޯގައި ހިންގާފައިވާ ޖަރީމާތަކާއި،ކްރޮއޭޝިއާގައި ހިންގާފައިވާ ޖަރީމާތަކާއި، އަދި 1992 ވަނަ އަހަރާއި 1995 ވަނަ އަހާރާއި ދެމެދު ބޮސްނިއާގައި ހިންގި ނަސްލު ނެތިކޮށްލުމުގެ ޖަރީމާއާއި ގުޅިގެންނެވެ.

ބެލްގްރޭޑްގެ ބާ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޮންޖަނޮވިޗްއަށް ދެވުނު ހަމަލާއަކީ ހުރިހާ ގާނޫނީ ވަކީލުންނަށް ދިން ހަމަލާއެއްކަމަށެވެ.

އޮންޖަނޮވިޗްވަނީ ސަރބިއާއާއި މޮންޓެނީގްރޯގެ މާފިއާގެ ބޮޑެތި މައްސަލަތަކުގައިވެސް ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

 

- ކޮމެންޓް