ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 12:26
29 ޖުލައި 2018ގައި އިންޑޮނީޝިއާގެ ލޮމްބޮކްއަށް އައި ބިންހެލުމުގައި އިމާރާތްތަކެއް ވެއްޓިފައި
29 ޖުލައި 2018ގައި އިންޑޮނީޝިއާގެ ލޮމްބޮކްއަށް އައި ބިންހެލުމުގައި އިމާރާތްތަކެއް ވެއްޓިފައި
މުހައްމަދު ޝަރުހާން
ލޮމްބޮކްއަށް އައި ބިންހެލުން
އިންޑޮނީޝިއާއަށް އައި ބިންހެލުމެއްގައި 10 މީހުން މަރުވެއްޖެ
ބިންހެލުން އައީ 6.4 މެގްނިޓިއުޑްގައި
މި ބިންހެލުމަށްފަހު 60 އަށްވުރެ ގިނަ ގުޑުން އައިސްފައިވޭ

ޓޫރިސްޓުންގެ މެދުގައި މަގުބޫލު އިންޑޮނީޝިއާގެ ލޮމްބޮކްއަށް އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެއެވެ.

އިންޑޮނީޝިއާގެ މެދުތެރޭގެ ރަށެއްކަމަށްވާ ލޮމްބޮކަށް 6.4 މެގްނިޓިއުޑްގައި އާދީއްތަ ދުވަހު އައި މި ބިންހެލުން އައިސްފައިވަނީ ހެނދުނު ހަތެއް ޖަހަން ކައިރިވެފައިވަނިކޮށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޝައުގެވެރިވާ ލޮމްބޮކް އޮންނަނީ ޓޫރިސްޓް މަންޒިލެއް ކަމަށްވާ ބާލީގެ އިރުން 40 އަކަށް ކިލޯމީޓަރު ދުރުމިނުގައެވެ.

އޮފިޝަލުން ބުނާ ގޮތުގައި އެތައް އިމާރާތްތަކެއް ވެއްޓި އެތައްބަޔަކު ޒަޚަމްވިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެފައިވާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ލޮމްބޮކްގެ އުތުރުގެ ސިޓީއެއް ކަމަށްވާ މަޓަރަމްގެ އިރުއުތުރުން 50 ކިލޯ މީޓަރުންނެވެ.

މި ބިންހެލުމަށް ފަހު 60 އަށް ވުރެ ގިނަ ގުޑުން އައިސްފައިވާއިރު އެންމެ ބާރުގަދަކޮށް އައިސްފައިވަނީ 5.7 މެގްނިޓިއުޑްގައެވެ.

"40 މީހުން ޒަޚަމްވެ އެތައް ގެއެއްވަނީ ހަލާކުވެފައި"އެގައުމުގެ ޑިޒާސްޓަރ އޭޖެންސީގެ ތަރުޖަމާނު ސުޓޯޕޯ ޕްރުވޯ ނުގްރޮހޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގެއްލުންތައް ބަލާ ނިމިފައި ނުވާ ކަމަށާއި އެ އަދަދުތައް އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

"މައިގަނޑު ފޯކަސް މިހުރީ ރައްކާތެރިވުމަށާއި މީހުން ސަލާމަތް ކުރުމަށް. ޒަޚަމްވި ބައެއް މީހުންނަށް އަދިވެސް ކްލިނިކްތަކުގައި ދަނީ ފަރުވާ ދެމުން"

އޭނާވަނީ ވެއްޓިފައިވާ އިމާރާތްތަކާއި ކުނިބުނި އެޅިފައިވާ މަގުތަކުގެ ފޮޓޯތައް ޕޯސްޓް  ކުރައްވަފައެވެ.

 

 

 

- ކޮމެންޓް