ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 22:17
މިސްރުގައި 2013 ގައި ކުރެވުނު މުޒާހަރާއެއްެގެ ތެރެއިން
މިސްރުގައި 2013 ގައި ކުރެވުނު މުޒާހަރާއެއްެގެ ތެރެއިން
އޭއެފްޕީ
މިސްރު
75 މުޒާހިރީން ނަށް މިސްރުގައި މަރުގެ ހުކުމް އިއްވައިފި
މަރުގެ ހުކުން އިއްވި މީހުންގެ ތެރޭގައި "މުސްލިމް ބްރަދާހޫޑް" ޖަމާއަތައް ނިސްބަތްވާ އިސް މެމްބަރުން ހިމެނޭ

ޑިމޮކްރަޓިކް އިންތިޚާބަކުން އިންތިޚާބުވެވަޑައިގެންނެވި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުގައި، 2013 ގެ މުޒާހަރާތަކުގައި ބައިވެރިވި 75 މީހަކަށް މަރުގެ ހުކުމް، މިސްރުގެ ކޯޓަކުން އިއްވައިފިއެވެ. 

"ކައިރޯ ކްރިމިނަލް ކޯޓް" އިން ހޮނިހިރު ދުވަހު އިއްވި މަރުގެ ހުކުމުގައި، "މުސްލިމް ބްރަދާހޫޑް" ޖަމާއަތަށް ނިސްބަތްވާ އިސް މެމްބަރުން ހިމެނެއެވެ. 

ހޮނިހިރު ދުވަހު އިއްވި މަރުގެ ހުކުމް ދެން ހުށަހަޅާނީ މިސްރުގެ އެންމެ އިސް ޝަރުއީ ފަރާތް ކަމަށްވާ، މިސްރުގެ އެންމެ އިސް މުފްތީ އަށެވެ. އެއީ މުފްތީ ގެ ރައުޔަކަށެވެ. އެހެން ނަމަވެސް އެއީ ނޮން-ބައިންޑިން ރައުޔަކަށެވެ. މިސްރުގެ ކޯޓުގެ ނިންމުން އެންމެ އިސް މުފްތީ އަށް ހުށަހަޅަން ޖެހޭ ސަބަބަކީ މިސްރުގެ ގާނޫނުތައް ބުނާގޮތުން މަރުގެ ހުކުމް ތަންފީޒު ކުރު،މުގެ ކުރިން ގައުމުގެ އެންމެ އިސް މުފްތީއަށް، ކޯޓުގެ ހުކުން ރައުޔަކަށް ހުށަހަޅަން ޖެހެއެވެ. 

މުފްތީ ގެ ރައުޔަކީ އާއްމުކޮށް ކޯޓުތަކުން ބޮލާލާޖަހާނެ ރައުޔެއް ނޫނެވެ. 

މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުގައި 2013 ގެ މުޒާހަރާތަކުގައި ބައިވެރިވި 75 މީހަކަށް މަރުގެ ހުކުމް، މިސްރުގެ ކޯޓަކުން ހޮނިހިރު ދުވަހު އިއްވިއިރު، މި ފަރާތްތަކުގެ ޝަރީއަތަަކީ 739 މީހެއްގެ މައްޗަށް ކުރެވޭ ޝަރީއަތަކަށްވާއިރު، އެއީ އެބައިމީހުން 2013 ގައި ބައިވެރިވި ސުލްހަވެރި މުޒާހަރާތަކަކާ ގުޅިގެން ކަމަށްވެއެވެ. އެ މުޒާހަރާތައް ވަނީ އަނިޔާވެރިކަމާއެކު ރޫޅާލާފައެވެ. 

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނާގޮތުން އަނިޔާވެރިކޮށް މި މުޒާހަރާތައް ރޫޅާލުމާ ގުޅިގެން 800 މުޒާހިރީން ވަނީ މަރުވެފައެވެ. އެހެން ނަމަވެސް މިސްރުގެ ސަރުކާރުން ބުނަމުން ދަނީ ގިނަ މުޒާހިރީން ތިބީ ހަތިޔާރު އަޅައިގެން ކަަމަށްވާއިރު، މުޒާހަރާ ކުރި ފަރާތްތަކުން 43 ފުލުހަކު މަރާ ވެސް ލާފައިވާ ކަަމަށެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް