ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 11:39
އދ. ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސް
އދ. ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސް
ގޫގުލް
އދ. ގެ ފަންޑު
އ. ގެ ފަންޑުން ފައިސާ ހުސްވެދާނެކަމުގެ އިންޒާރު ސެކްރެޓަރީ ޖެނަރަލް ދެއްވައިފި
އާއްމު ފީ ނުދައްކާ ޖުމްލަ 81 ގައުމު އަދިވެސް އެބަ އޮތް
ގައުމުތަކުން އަބަދު ވެސް ފީ ނުދައްކާ ތިބެވޭ އެންމެ ދިގު މުއްދަތު ބޭނުންކުރޭ

އދ. ގެ ފަންޑުން ފައިސާ ހުސްވެދާނެކަމުގެ އިންޒާރު ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސް ދެއްވައިފިއެވެ.

އެ މަނިކުފާނު ވަނީ އެ ޖަމްއިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މެމްބަރު ގައުމުތަކުން ދައްކަން ލާޒިމްކޮށްފައި އޮންނަ ފައިސާ ކަނޑައެޅިފައި އޮންނަ މުއްދަތަށް އެކީގައި ދައްކާ ޚަލާސްކޮށްދިނުމަށް އެދިވަޑައިގެން މެމްބަރު ގައުމުތަކަށް ސިޓީ ފޮނުއްވާފައެވެ.

އދ. ގެ މުވައްޒަފުންނަށް ސެކްރެޓަރީ ޖެނެރަލް ގުޓަރެސް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އދ. އަށް ދިމާވެފައިވާ މާލީ ދަތިކަމާ ގުޅިގެން މެމްބަރު ގައުމުތަކަށް ސިޓީ ފޮނުއްވާފައި ވާކަމަށެވެ.

ގުޓަރެސް ވިދާޅުވެފައި ވަނީ މިފަހަރު މި ދިމާވި ފައިސާ މަދުވުމުގެ މައްސަލައަކީ ވެސް މީގެ ކުރިން ތަޖުރިބާ ކޮށްފައިވާ ފަދައިން މެމްބަރު ގައުމުތަކުން ދައްކަންޖެހޭ ފައިސާ ފަސްކުރުމުން ދިމާވި މައްސަލައެއް ކަމަށެވެ.

އަހަރެއްގެ ކުރީކޮޅު މިހާތަނަށް މި މިންވަރަށް ދަށަށް ނުދާ ކަމަށް ވެސް ގުޓަރެސްގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.

އދ. ގެ 112 މެމްބަރު ގައުމުގެ ތެރެއިން ގައުމުތަކުން އާއްމުކޮށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ޖުލައިމަހުގެ 26ގެ ނިޔަލަށް ގިނަ ގައުމުތަކުން ވަނީ އެކީ ދައްކާފައެވެ.

އޭގެ ތެރޭގައި އިންޑިއާ ވެސް ހިމެނޭއިރު އެ ގައުމުން ދަންކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ އޮތް ފައިސާ ދައްކާ ޚަލާސްކޮށްފައި ވަނީ ޖެނުއަރީ މަހުއެވެ. އެ ގައުމުން ވަނީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު 17.91 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައެވެ.

ޖޫންމަހުގެ ނިޔަލަށް މެމްބަރު ގައުމުތަކުން ދައްކާފައިވާ ފައިސާގެ ޖުމްލަ އަދަދު އުޅެނީ ގާތްގަނޑަކަށް 1.49 ބިލިއަން ޑޮލަރުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާއްމު ބަޖެޓަށް ލިބިފައިވާ ފައިސާގެ ޖުމްލަ 1.70 ބިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

މި މަހުގެ މިހާތަނަށް އިރާގް، މޮލްޑޯވާ، ޖަޕާން، ލިތުއޭނިއާ، އަދި މެކްސިކޯއިން ވަނީ އެ ގައުމުތަކުން ދައްކަންޖެހޭ ފައިސާގެ ބައެއް ދައްކާފައެވެ. އެއާ އެކު މި އަހަރު އެ ހުރިހާ ގައުމަކުން ދައްކަން ޖެހޭ ބާކީ ޖުމްލަ އަދަދަކީ 810 މިލިއަން ޑޮލަރެވެ.

އދ. މެމްބަރު ގައުމުތަކުން ދައްކަންޖެހޭ އާއްމު ފީ ނުދައްކާ ޖުމްލަ 81 ގައުމު އަދިވެސް އެބަ އޮތެވެ. މީގެ ތެރޭގައި އަފްޣާނިސްތާނު، ބަންގްލަދޭޝް، ބްރެޒިލް، މިސްރު، އިސްރާއީލް، ދިވެހި ރާއްޖެ، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ސޭޝެލްސް، ސޫދާން، ސީރިޔާ، އެމެރިކާ، އަދި ޒިމްބާބުވޭ ހިމެނެއެވެ.

ދިވެހިރާއްޖެއިން އާއްމުކޮށް ފައިސާ ދައްކަމުން ގެންދާ އުސޫލުން މިހާރު ވެސް ފައިސާ ދައްކަމުންގެންދާ ކަމަށް ރާއްޖެޓީވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޚާރިޖީ ދާއިރާގެ ތަޖުރިބާ ކާރަކު ނަން ހާމަނުކުރުމަށް އެދިވަޑައިގެން ވިދާޅުވީ ރާއްޖެއިން އާޢްމުކޮށް ފައިސާ ދައްކަނީ ސެޕްޓެމްބަރު މަހު ކަމަށެވެ.

ޚާރިޖިއްޔާގެ ބޭފުޅަކަށް ގުޅިފައި ނުވާތީ އިތުރު ތަފްސީލް ލިބޭ ގޮތް ވަނީ ނުވެފައެވެ.

- ކޮމެންޓް