ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 19:56
ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް މީހަކު ބޭނުންކު ރަނީ
ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް މީހަކު ބޭނުންކު ރަނީ
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލްގެ އޭޓީއެމްތަކުން ކާޑު ބޭނުންކުރަން ޖެހޭ ގޮތް ބަދަލު ބަދަލުކޮށްފި
ބަދަލު ގެނެސްފައި ވަނީ ޖުލައި 20 ވަނަ ދުވަހު
އޭޓީއެމަށް ކާޑު ލެއްވުމަށް ފަހު އަނބުރާ ނެގޭނީ އެ މުއާމަލާތެއް ނިމުމުން
މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގެނައި ބަދަލެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުގައި ކޭޝް ކާޑު ބޭނުންކުރަން ޖެހޭ ގޮތް ބަދަލު ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނެސްފައި ވަނީ ޖުލައި 20 ވަނަ ދުވަހުން ފެށިގެންނެވެ.

ކުރިން އޭޓީއެމް އިން ކާޑު ބޭނުންކޮށް މުއާމަލާތު ކުރާއިރު ފުރަތަމަ ޖެހެނީ ކާޑު އޭޓީއެމް އަށް ލައްވާފައި ވަގުތުން ނަގާށެވެ. އެހެންނަމަ ވެސް މިހާރު ގެނެވުނު ބަދަލާއެކު ކާޑު އޭޓީއެމަށް ލެއްވުމަށް ފަހު އަނބުރާ ނެގޭނީ އެ މުއާމަލާތެއް ނިމުމުންނެވެ.

ބީއެމްއެލުން ބުނީ މި ބަދަލު އެ ކުންފުނިން ގެންނަން ނިންމީ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ކަމަށާއި، އަދި މާލެ ސީޓީގައި އެކަނި މި ބަދަލު ގެނެވުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި ބަހައްޓާފައި ހުރި އޭޓީއެމްތަކަށް ވެސް ވަރަށް އަވަހަށް އެ ބަދަލު ގެންނާނެ ކަމަށެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގެނައި ބަދަލެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގގެ ޚިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް