ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 14:07
26 ޖުލައި 2018. ބެއިޖިންގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކުރިމަތީގައި ސެކިއުރިޓީ އޮފިޝަލުންތަކެއް
26 ޖުލައި 2018. ބެއިޖިންގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކުރިމަތީގައި ސެކިއުރިޓީ އޮފިޝަލުންތަކެއް
އޭޕީ
އެމެރިކާ އެމްބަސީ
ބެއިޖިންގައި ހުންނަ އެމެރިކާގެ އެމްބަސީގައި ބާރުގަދަ ގޮވުމެއް
ޒަޚަމްވެފައިވަނީ ހަަމަލާ ދިން މީހާ އެކަނި
ބޮން ގޮއްވާލާފައިވަނީ އެމްބަސީގެ އިރުދެކުނު ކަންމަތީގައި

ޗައިނާގެ ވެރިރަށް ބެއިޖިންގގައި ހުންނަ އެމެރިކާގެ އެމްބަސީގައި މީހަކު ބޮމެއް ގޮއްވާލައިފިއެވެ.

އެމްބަސީގެ ތަރުޖަމާނު ވިދާޅުވީ އެމްބަސީގެ ގޯތި ތެރޭގެ އިރު ދެކުނު ކަނުގައި މިއަދު މެންދުރު އެކެއްޖަހާކަން ހާއިރު އެއްޗެއް ގޮވާފައިވާކަމަށެވެ.

އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރ ވިދާޅުވެފައިވާ ގޮތުގައި ހަމަލާދީފައިވަނީ އެކަނިހުރި ފަރުދެކެވެ. ބެއިޖިންގ ގެ ފުލުހުން ބުނެފައިވާގޮތުގައި ހަމަލާދިން މީހާ ފިޔަވައި އިތުރު މީހަކު ޒަޚަމްވެފައެއް ނުވެއެވެ.

ބެއިޖިންގ ގެ ފުލުހުންވަނީ ހަމަލާދިނީ މޮންގޯލިއާގެ އުމުރުން 24 އަހަރުގެ ފިރެހެނަކުކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ ހަމަލާދިން މީހާގެ އަތް ޒަޚަމްވެފައިވާއިރު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

ޗައިނާގެ މީޑިއާތަކުން ބުނާގޮތުގައި ހަމަލާދިން މިހާ އުޅުނީ އެމްބަސީގެ ތެރެއަށް ވަދެ ގޮއްވާލުމަށް ނަމަވެސް އޭނާ ވަނުމުގެ ކުރިން ބޮން ގޮވީއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް