ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 01:40
ކުރީގެ ކުރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން،
ކުރީގެ ކުރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން،
އަލްޖަޒީރާ
ޕާކިސްތާނުގެ އާއްމު އިންތިޚާބު
ޕާކިސްތާނުގެ އާއްމު އިންތިޚާބު: ކުރީގައި އުޅުއްވަނީ އިމްރާން ޚާން
ނޭޝަނަލް އެސެމްބްލީގެ 105 ގޮނޑި އިމްރާންގެ ޕާޓީންވަނީ ކާމިޔާބުކޮށްފައި
އިންތިޚާބުވަނީ އޮޅުވާލާފައި:ޝަހްބާޒް ޝަރީފް

ޕާކިސްތާނުގައި ބުދަ ދުވަހު ކުރިޔަށް ގެންދިޔަ އާއްމު އިންތިޚާބުގެ ވޯޓްގުނުން ކުރިޔަށްދާއިރު މިހާތަނަށް ގުނިފައިވާ ވޯޓުގެ ނަތީޖާ ދައްކާގޮތުން އެ ގައުމުގެ ނޭޝަނަލް އެސެމްބްލީގެ 105 ގޮނޑިއާއިއެކު އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީ ކުރި ހޯދައިފިއެވެ.

އެ ޕާޓީގެ ފަހަތުން 71 ގޮނޑިއާއިއެކު ދެވަނައިގައި އޮތީ ކޮރަޕްޝަނުގެ ކުށުގައި ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް ނަވާޒް ޕާޓީއެވެ.

މައި ވެރިކަމުގެ ތެރޭގައި ހިމެނޭ ނޭޝަނަލް އެސެމްބްލީ އަށް ހޮވަނީ 272 މެމްބަރުންނެވެ. ވަކި ޕާޓީއަކަށް އަމިއްލަ އަށް މައި ސަރުކާރެއް އެކުލަވާލެވޭނީ އެއް ޕާޓީއަކަށް މީގެ ތެރެއިން 137 ގޮނޑި ކާމިޔާބު ކުރެވިގެންނެވެ.

މިހާރު ފެންނަން އޮތް ނަތީޖާއާއިއެކު ތަހްރީކޭ އިންސާފު ޕާޓީން އުފާ ފާޅުކުރަން ފަށާފައިވާއިރު ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވަނީ އިންތިޚާބުގައި ވޯޓް އޮޅުވާލާފައިވާކަމަށް ތުހުމަތުކުރައްވައި އިންތިޚާބު ބަލައިނުގަންނާނެކަން އިއުލާނުކުރައްވާފައެވެ.

ބަލޮޗިސްތާނުގައި ހިނގާދިޔަ ހާދިސާ ފިޔަވައި ހުރިހާ ހިސާބެއްގައިވެސް ވޯޓްލުން ދިޔައީ ޖުމްލަކޮށް ސުލްހަވެރިކަމާއިއެކުކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ. މީގެ އިތުރުން އެ ކޮމިޝަނުންވަނީ 2013 ވަނަ އަހަރުގެ އިންތިޚާބަށްވުރެ މި އިންތިޚާބުގެ ތައްޔާރީތައް ރަނގަޅުކަމަށް ބުނެފައެވެ.

އަށެއް ޖެހިއިރު ވޯޓްލުން ފަށާފައި ވާއިރު 7 ޖެހުމުގެ ކުރިން ގިނަ ސްޓޭޝަންތަކުގެ ކައިރީގައި ކިއު ހަދާފައިވެއެވެ.

އިންތިޚާބުގައި ވޯޓު ލުމަށް 85،000 މަރުކަޒު ކަނޑައަޅާފައިވެއެވެ. އިންތިޚާބުގައި، ނޭޝަނަލް އެސެމްބްލީގެ ގޮނޑިތަކަށް 3،765 ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން މިހަފްތާގައި ބުނެފައިވާ ގޮތުގައި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 800،000 މީހުން މަސައްކަތް ކޮށްފައިވެއެވެ. އޭގެ ތެރޭގައި 370،000 ސިފައިން ވެސް ހިމެނެއެވެ.

މި އިންތިޚާބުގައި ވޯޓްލުމަށް 105.95 މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

ވޯޓްލުމުގެ ހައްގު ލިބިފައިވާ 59 މިލިއަން ފިރެހެނުން ތިބިއިރު ވޯޓްލުމުގެ ހައްގު ލިބިފައިވާ އަންހެނުންގެ އަދަދަކީ 47 މިލިއަނެވެ.

 

- ކޮމެންޓް