ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 17:19
އަލްފަބެޓް ކުންފުނި
އަލްފަބެޓް ކުންފުނި
ބީބީސީ
އަލްފަބެޓް ކުންފުނި
އަލްފަބެޓް ކުންފުންޏަށް ދެވަނަ ކުއަރޓާގައި 32.7 ބިލިއަން ޑޮލަރު!
މިއީ މިދިޔަ އަހަރުގެ ދެ ވަނަ ކުއަރޓާގައި ލިބުނު އާމްދަނީއަށް ވުރެން މަތީ އަދަދެއް
މި އަހަރުގެ އާމްދަނީ ވަނީ 26 ޕަސެންޓް އިތުރުވެފައި

ގޫގުލްގެ މައި ކުންފުނި އަލްފަބެޓް ކުންފުންޏަށް މި އަހަރުގެ ދެވަނަ ކުއަރޓާގައި 32.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ.

އަލްފަބެޓުން ކުންފުނިން ބުނި ގޮތުގައި މިއީ މިދިޔަ އަހަރުގެ ދެ ވަނަ ކުއަރޓާގައި ލިބުނު އާމްދަނީއަށް ވުރެން މަތީ އަދަދެކެވެ. އަދި މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ އާމްދަނީ ވަނީ 26 ޕަސެންޓް އިތުރުވެފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ދެ ވަނަ ކުއާރޓައިގައި އެ ކުންފުނީގެ ފައިދާ އުޅެނީ 3.2 ބިލިއަން ޑޮލަރުގައެވެ. ފައިދާ ދަށްވި ސަބަބެއް ކަމަށް އެ ކުންފުނިން ހާމަކޮށްފައިވަނީ ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމުގެ މައްސަލާގައި އީޔޫ އިން އެ ކުންފުނި ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމުންނެވެ. އެ ޖޫރިމަނާ ދައްކަން ނުޖެހުނުނަމަ ދެ ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 8.3 ބިލިޔަން ޑޮލަރުގެ ފައިދާއެއް ލިބޭނެއެވެ.

އަލްފަބެޓް ކުންފުނީގައި އަށްޑިހާހަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ.

އަލްފަބެޓް ކުންފުންޏަކީ ތަފާތު އެކި ޓެކެނޮލޮޖީތަކާއި އެޕްލިކޭޝަންތައް އީޖާދުކޮށް، އާ ކަންތައްތައް ގެންނަމުންދާ ކުންފުންޏެކެވެ.

- ކޮމެންޓް