ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 19:44
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް
ގޫގުލް
ނަވާޒް ޝަރީފް
ނަވާޒް ޝަރީފް ހުންނެވީ ކިޑްނީ ފެއިލްވުމުގެ ތުންފަތްމަތީގައި، ހޮސްޕިޓަލަކަށް ބަދަލުކުރަން ޖެހޭ: މެޑިކަލް ރިޕޯޓު
ކޮރަޕްޝަނުގެ ކުށުގައި ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒް ޖަލަށް ލާން ހުކުމްކުރީ ޖުލައި 6 ވަނަ ދުވަހު
ނަވާޒް ޝަރީފް 10 އަހަރަށް ޖަލަށްލާން ހުކުމްކުރި އިރު ވަނީ އަށް މިލިއަން ޕައުންޑުން ޖޫރިމަނާވެސް ކޮށްފައި

ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު, ނަވާޒް ޝަރީފް ހުންނެވީ ކިޑްނީ ފެއިލްވުމުގެ ތުންފަތްމަތީގައި ކަމަށާއި އެެހެންކަމުން އެމަނިކުފާނު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. 

އުމުރުންފުޅުން 68 އަހަރުގެ ނަވާޒް ޝަރީފް ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނު ބަންދުގައި ހުންނެވީ، ޖުލައި 13 އިން ފެށިގެން ރާވަލްޕިންޑީގެ އަޑިއަލާ ޖަލުގައެވެ. 

ނަވާޒް ޝަރީފްގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން ހެދި ތަފްސީލީ މެޑިކަލް ޗެކަޕް މިހާރު ޕަންޖާބުގެ ހެލްތު ސެކްރެޓަރީ އަށް ފޮނުވާފައިވާއިރު، މި ރިޕޯޓު ޑޮކްޓަރުންގެ ޓީމަކުން ތައްޔާރުކުރީ ނަވާޒް ޝަރީފް ހުންނެވި ޖަލަަށް ޒިޔާރަތް ކުރުމަށް ފަހުގައެވެ.

"ރާވަލްޕިންޑީ އިންސްޓިއުޓް އޮފް ކާޑިއޮލޮޖީ (އާރްއައިސީ)" ގެ ޗީފް އެގްޒެކެޓިވް މޭޖާ ޖެނެރަލް ރިޓަޔާޑް ޑރ. އަޒްހަރު މެހްމޫދު ކަޔާނީ އިސްކޮށް ހުންނަވައި ތައްޔާރުކުރެއްވި ނަވާޒް ޝަރީފް ސިއްހީ ހާލަތާ ބެހޭ ރިޕޯޓުގައި ވަނީ އެމަނިކުފާނުގެ ހާލުކޮޅު ހުރި ގޮތުން މިހާރުން މިހާރަށް ހޮސްޕިޓަލަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. 

ބައެއް ރިޕޯޓުތައް ބުނެފައި ވަނީ ނަވާޒް ޝަރީފުގެ ލޭގެ ޔޫރިއާ ނައިޓްރޯޖަން ނުރައްކާ ލެވެލް އަށް މައްޗަށް ޖެހިފައިވާ ކަމަށާއި ހިތުގެ ހިނގުމަށް ވެސް ބަދަލު އަންނަ އައިސް ގަދަޔަށް ދާހިއްލައި ހަށިގަނޑުން ފެން މަދުވެފައިވާ ކަމަށެވެ. 

ނަވާޒް ޝަރީފް ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ "ދަ ޕުންޖާބް ޕްރިޒަންސް" ގެ ބައެއް މަސްދަރުތަކާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާ ގޮތުން ނަވާޒް ޝަރީފް ޖަލުން ހޮސްޕިޓަލަށް ބަދަލުކުރުމަށް މަޑު ކުރަމުން ގެންދަނީ ޕަންޖާބްގެ "ހޯމް ޑިޕާޓްމަންޓުގެ" އޮޑަރަކަށެވެ. 
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް