ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 15:47
ޖަޕާނުގައި ހޫނު ގަދަ ވުމުގެ ސަބަބުން ކުޑަ ހިފައިގެން މީހުން ދަނީ
ޖަޕާނުގައި ހޫނު ގަދަ ވުމުގެ ސަބަބުން ކުޑަ ހިފައިގެން މީހުން ދަނީ
ޖަޕާން ޓައިމްސް
ޖަޕާނުގައި ހޫނު ގަދަވުން
ޖަޕާނަށް ހޫނު ގަދަވުމުގެ ސަބަބުން 30 މީހުން މަރުވެ އެތަކެއް ހާސް މީހުން އެޑުމިޓް ކޮށްފި
ޖަޕާނުގެ ހޫނު މިން ހުރީ 40.7 ޑިގްރީ ސެލްސިއަސްއަށް
ހޫނު ގަދަވެ 10،000 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލްތަކަށް ގެންދެވި ފަރުވާ ދެމުންދޭ

ޖަޕާނުގެ އެކި ސަރަހައްދުތަކަށް ހޫނު ގަދަ ވުމުގެ ސަބަބުން 30 މީހުން މަރުވެ އެތަކެއް ހާސް މީހުން ހޮސްޕިޓަލުގައި އެޑުމިޓް ކޮށް ފަރުވާދޭން ފަށައިފިއެވެ.

މިދިޔަ ހަފްތާގައި ޖަޕާނުގައި ވަނީ 6 އަހަރުގެ ކުއްޖަކު ސްކޫލަށް ގޮސް އުޅެނިކޮށް "ހީޓް ސްޓްރޯކް" އެއް ޖެހި މަރުވެފައެވެ. މީގެ އިތުރުން ހޫނު ގަދަވުމުގެ ސަބަބުން 90 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ގަސްތަކެއްގެ ތެރެއިން ވަނީ ފެނިފައެވެ. މަރުވި 30 މީހުންވެސް މަރުވީ ހީޓް ސްޓްރޯކް ޖެހިގެންކަމަށް ޖަޕާނުގެ ޚަބަރުތަކުގައި ވެއެވެ.

އޭބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަޕާނުގެ ހޫނު މިން ހުރީ 40.7 ޑިގްރީ ސެލްސިއަސްއަށެވެ. އަދި ބައެއް އަވަށްތަކުގައި ހޫނު މިން ހުރީ 39.8 ޑިގްރީއަށެވެ.

ދަ ޖަޕާން ޓައިމްސް އިން ބުނީ ހޫނު ގަދަވެ 10،000 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލްތަކަށް ގެންދެވި ފަރުވާ ދެމުންދާކަމަށެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ހޫނުން ރައްކާތެރި ވުމަށާއި ގިނައިން ފެނާއި ދިޔާތަކެތި ބޭނުންކޮށް އަދި ހަށިގަނޑު ފިނިކޮށް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

ޖަޕާނުގައި މިހާ ގަދައަށް ހޫނުވެފައި މިވަނީ ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން 218 އަށް ވުރެ ގިނަ މީހުން މަރުވެ 12 މީހުން ގެއްލިފައިވާތާ އަދި މަހެއްހާ ދުވަސް ނުވަނީސްއެވެ.  

- ކޮމެންޓް