ކ. މާލެ
|
21 ޖުލައި 2018 | ހޮނިހިރު 08:33
ޖަރުމަނުގައި ފުލުހުން ދަމާފައިވާ
ޖަރުމަނުގައި ފުލުހުން ދަމާފައިވާ
ބީބީސީ
ޖަރުމަނުގެ ބަހުގެ ހަމަލާ
ޖަރުމަނު ބަހެއްގެތެރޭ ވަޅިން ހަމަލާދީ 14 މީހުން ޒަޚަމް ކޮށްލައިފި
ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު
ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް އަދި ބެލެވިފައެއް ނުވޭ

ޖަރުމަނުގެ ލޫބެކް ސިޓީގައި ދަތުރު ކުރަމުން ދިޔަ ބަހެއްގެ ތެރޭގައި މީހަކު ވަޅިން ހަމަލާ ދީ 14 މީހުން ޒަޚަމް ކޮށްލައިފިއެވެ.

އަނިޔާ ލިބުނު އެކަކުގެ ހާލު ސީރިއަސް ވެފައިވާއިރު ޖުމްލަ އަނިޔާ ލިބުނު މީހުންގެ އަދަދު ނޭގޭކަމަށް އެ ސަރަހައްދުގައި ހަރަކާތް ތެރިވި އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި އެހަމަލާގައި އެކަކު ވެސް މަރުވެފައި ނުވާ ކަމަށް އެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އެ ހަމަލާގައި 14 މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެފައި ވަނީ އެ ސަރަހައްދުގެ ލޯކަލް ނޫސް އިދާރާއަކުންނެވެ.

ހަމަލާދިން މީހާ ވަގުތުން ހައްޔަރު ކޮށްފައިވާއިރު އޭނާ ހަމަލާ ދިން ސަބަބެއް އަދިއެއް އެގިފައެއް ނުވެއެވެ. އޭނާ ހަމަލާ ދޭން ފަށައިފައި ވަނީ މުސްކުޅި މީހަކަށް ޒުވާނަކު ގޮޑި ދިނުމާއި ގުޅިގެން، އެ ޒުވާނާއަށް ދިން ހަމަލާއާއި ގުޅިގެންނެވެ.

އެ ސިޓީގެ ގަޑިން މެންދުރު 13:30 ހާއިރު ދިން މިހަމަލާއަކީ ޓެރަރިޒަމް ޚަމަލާއެއް ކަމަށް ޕްރޮސިކިއުޓަރުން އަދި ނިންމާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް