ހަސަން މެރިން އިންޖީނިއަރިންގ ސޮލިއުޝަންގެ ފަރާތުން މާކިއުރީ އިންޖީނަށް އަހުލުވެރިވުމަށް ތަމްރީނުވުމުގެ ފުރުސަތު ހަތް ފަރާތަކަށް ދީފިއެވެ.
ސިންގަޕޫރުގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމަކީ ސިންގަޕޯގެ މަރކިއުރީ ޓްރެއިނިން ސްކޫލްގެ ފަރާތުން ހިންގާ ސެޓްފިކެޓް ލެވެލް ކޯހެކެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ އަށް ދުވަހުގެ މުއްދަތަކަށެވެ.
މި ތަމްރީން ޕްރޮގްރާމުގައި ރާއްޖޭގެ މެރިން ޕޮލިސްގެ ދެ މެމްބަރުންނާއި އެމްއެންޑީއެފްގެ އިންޖިނިއަރެއް ބައިވެރިވެއެވެ. އަދި ހަސަން މެރިންގެ އިންޖިނޭރުންނާއި ބައެއް ރިސޯޓްތަކުން ވެސް ބައިވެރިވެއެވެ. އެ މުއްދަތުގައި މި ހަތް ފަރާތްތަކުގެ ކޯސް ފީ އާއި ކެއުމާއި ހުރުން ހަމަޖައްސާފައި ވަނީ ހަސަން މެރިން އިންޖީނިއަރިންގ ސޮލިއުޝަންގެ ފަރާތުންނެވެ.
މާކިއުރީ އިންޖީނު ރާއްޖެ އެތެރެކޮށް މާކެޓްކުރުމާއި އެ ބްރޭންޑުގެ އިންޖީނަށް ބޭނުންވާ ސްޕެއަރ ރާއްޖޭގައި ވިއްކަމުން ދަނީ ހަސަން މެރިންގެ ފަރާތުންނެވެ. އަދި މާކިއުރީ އިންޖީނަށް ބޭނުންވާ ސަރވިސް ވެސް އެކުންފުނިން ފޯރުކޮށްދެއެވެ.
މިފަދަ ތަމްރީން ޕްރޮގްރާމްތަކަކީ ނުހަނު އަހައްމިއްޔަތުކަމެއް ދީގެން ހިންގާ ޕްރޮގްރާމްތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.