ކ. މާލެ
|
18 ޖުލައި 2018 | ބުދަ 21:49
ފެންމަތީގައި އޮތް ސަބަމެރިންއެއްގެ މަތީގައި ދެ މީހަކު އިށީނދެލައިގެން
ފެންމަތީގައި އޮތް ސަބަމެރިންއެއްގެ މަތީގައި ދެ މީހަކު އިށީނދެލައިގެން
ބީބީސީ
ސްޕެއިން ސަބްމެރިން
ސްޕެއިން އިން ތައްޔާރުކުރި ސަބްމެރިން ޑޮކަށް ހެޔޮވަރެެއް ނޫން
އުޅަނދުގެ ދިގުމިނަކީ 81 މީޓަރު
ޑިފެންސް މިނިސްޓަރވަނީ އަތްދަށުން ކަންތައްތަކެއް ދިޔަ ކަމަށް އެއްބަސްވެ ވަޑައިގެންފައި

ސްޕެއިންގެ ކަނޑުގެ ސިފައިން ބޭނުން ކުރުމަށް އަލަށް ބޭލި ސަބްމެރިން އޭގެ ޑޮކަށް ވުރެ ބޮޑުވުމުން އަނެއްކާ ވެސް އެހެލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެސް -80 ގެ މި ސަބްމެރިންއަށް ބޮޑު ހޭދައެއްކޮށް އުޅަނދަށް ބަދަލު ގެނައީ ފެންމަތީ އޮތުމުގައި މައްސަލަތަކެއް ހުުރުމުންނެވެ. އޭރު އެ މައްސަލަ ހައްލުކުރުމަށް އުޅަނދުވަނީ ދިިގު ކޮށްފައެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ އެލްޕާއިސް ނައުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެބަދަލު ގެނައިފަހުން, ކަރްތަޚޭނާގައި ހަދާފައި އޮންނަ ޑޮކަށް އުޅަނޑު ހެޔޮވަރެއް ނޫނެވެ.

އެ ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ދެ އުޅަނދަށް ޚަރަދުވިވަރު ވަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެފައެވެ.

އެ ނޫހުން ލަފާކޮށްފައިވާ ގޮތުގައި އެސް-80 ޕްލަސްގެ ކޮންމެ ސަބްމެރިން އަކަށް މިހާރު 1 ބިލިއަން ޔޫރޯ ޚަރަދުވާނެއެވެ.

އެންމެ ފުރަތަމަ 2013އިގެ ކުރިން ސަބްމެރިންއަށް ދިމާވި މައްސަލައަކީ ހުންނަން ޖެހޭ ވަރަށް ވުރެ 100 ވަރަކަށް ޓަަނު ބަރުވުމެވެ.

އެކަމުގެ ސަބަބުން ފެންމަތީގައި އޮތުމުގައި މައްސަލަތައް ދިމާވިއެވެ. އަޑިއަށް ގޮސްފި ނަމަ މައްޗަށް ނޭރިދާނެ ކަމަށް އޮތީ ބެލެވިފައެވެ.

ސްޕެއިންގެ ކުރީގެ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސްގައި އޭރު ބުނެފައިވަނީ އެ މައްސަލަ ދިމާވީ ނުބައި ތަނެއްގައި ޑެސިމަލް ޕޮއިންޓް ޖެހި އެއްވެސް މީހަކަށް މިންތައް އަލުން ކަލްކިއުލޭޓް ކޮށްލަން ސަމާލުކަން ނުދެވުމުން ކަމަށެވެ.

އިންޖިނިއަރުންނާއި ކޮންސަލްޓަޓުންނަށް ގަބޫލުކުރެވުނު ގޮތަށް ފެންމަތީގައި އުޅަނދު އޮތުމަށް ދިގުމިނަށް ގެނައި ބަދަލަށް 14 މިލިއަން ޔޫރޯ ޚަރަދު ކުރަން ޖެހުނެވެ.

ސްޕެއިންގެ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ނެވެންތިއާއިން ފުރަތަމަ ޑިޒައިން ކުރީ 71 މީޓަރު ދިގު 2،200 ޓަނުގެ އުޅަނދެއް ބަނުމަށެވެ.

ގެނެވުނު ބަދަލުތަކާއިއެކު މިހާރު އުޅަނދުގެ ދިގުމިނަކީ 81 މީޓަރު ކަމަށްވާއިރު ބަރުދަނަކީ 3،000 ޓަނެވެ.

ސްޕެއިންގެ ޑިފެންސް މިނިސްޓަރ މަގަރިޓާ ރޯބްލެ ސްޕެނިޝް ރޭޑިއޯގައި ވާހަކަ ދައްކަވަމުންވަނީ ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމުގައި އަތްދަށުން ކަންތައްތަކެއް ދޫވި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

އެ ކަމަނާ ވަނީ އެކަންކަން ރަނގަޅު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

 

- ކޮމެންޓް