ކ. މާލެ
|
12 ޖުލައި 2018 | ބުރާސްފަތި 12:28
ޗިއަންގ ރާއިން ފެށިގެން މިޔަންމާއާ ގުޅޭ ސަރައްދީ ރޮނގާ ހަމައަށް ހޮހޮޅަ ދެމިގެން ދޭ
ޗިއަންގ ރާއިން ފެށިގެން މިޔަންމާއާ ގުޅޭ ސަރައްދީ ރޮނގާ ހަމައަށް ހޮހޮޅަ ދެމިގެން ދޭ
މުހައްމަދު ޝަރުހާން
ހޮހޮޅައިގައި ތާށިވި ކުދިން
ތަމް ލުއަންގ ހޮހޮޅަ ދާރުލް އާސާރަކަށް ހަދަނީ
ފިލްމު ހެދުމަށް ވެސް ދެ ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި

ބާރަ ފިރެހެން ކުދިންނާއި އެ ކުދިންގެ ފުޓްބޯޅަ ކޯޗް ތާށިވެ 17 ދުވަސް ވަންދެން ތިބެން ޖެހުނު ތައިލެންޑްގެ އުތުރުގައި އޮންނަ ތަމް ލުއަންގ ހޮހޮޅަ ދާރުލް އާސާރަކަށް ހަދަން ނިންމައިފިއެވެ.

ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު އޮފިޝަލުން ވިދާޅުވީ ދާރުލް އާސާރުގައި ދައްކުވައިދޭނީ އޮޕަރޭޝަން ކުރިޔަށް ގެންދެވުނު ގޮތް ކަމަށެވެ. އަދި އެތަނަކީ ތައިލެންޑްގެ ޝައުގުވެރި ކުރުވަނިވި ތަނަކަށް ވެގެންދާނެ ކަމަށެވެ.

ކުދިން ސަލާމަތްކުރެވުނު ގޮތާ ބެހޭ ގޮތުން ފިލްމު ހެދުމަށް ވެސް މަދުވެގެން ދެ ކުންފުންޏަކުންދަނީ ބަލަމުންނެވެ.

ހޮހޮޅައިން ސަލާމަތްކުރި ކުދިންނާއި ކޯޗަށް މިހާރު ގެންދަނީ ޗިއާންގ ރާއިގެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އިންފެކްޝަނުން ސަލާމަތްކުރުމަށްޓަކައި ކަރަންޓީނު ހާލަތުގައި ތިބެން ޖެހުނު ނަމަވެސް ހުރިހާ ކުދިން ވެސް ތިބީ ރަނގަޅު ސިއްހަތެއްގައި ވަރުގަދަ ރޫހެއްގައިކަން ސިއްހީ އޮފިޝަލުން އާއްމުކުރި ވީޑިއޯ އިން ދައްކުވައިދެއެވެ.

ތައި ނޭވީ ސީލުން ވަނީ ސީދާ އޮޕަރޭޝަންގެ ވީޑިއޯ ފުޓޭޖެއް ވެސް އާއްމުކޮށްފައެވެ. ވީޑިއޯގައި ދައްކުވައިދެނީ ހަނި އުނދަގޫ ހޮހޮޅައިގެ ތެރެއިން ކުދިން ސަލާމަތްކުރި ގޮތެވެ.

ތަމް ލުއަންގ ހޮހޮޅައަކީ ތައިލެންޑްގައި އޮންނަ އެންމެ ބޮޑު ހޮހޮޅައެވެ.

ތައިލެންޑްގެ ޗިއަންގ ރާއިގެ ކުޑަ ޓައުނެއް ކަމަށްވާ މައި ސައިގެ ވަށައިގެންވާ ފަރުބަދަ ތަކުގެ ދަށުން މިޔަންމާއާއި ތައިލެންޑް ގުޅޭ ސަރައްދީ ރޮނގާހަމައަށް  ހޮހޮޅަ ދެމިގެން ދެއެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޯޗާ ވިދާޅުވީ ހޮހޮޅައިގެ އެތެރެއާއި ބޭރުގައި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަން ޖެހޭނެކަމަށެވެ.

 

 

- ކޮމެންޓް
12 ޖުލައި 2018 | ބުރާސްފަތި 09:23
އެޑަމް
އެދަނީ ކުދިން މުސްލިމް ޤައުމުތަކުގަ ބިކަވެ ޝަހީދުވަމުން މުސްލިމް ޤައުމުތަކުގަ ބިކަވެ ސަހީދުވަމުން އެދަނީ ކުޑަކުދިންނެއް ނޫން... އެހެންވެ އެކަމަށް ތިވަރުގެ ސަމާލްކަމެއް ނުލިބެނީ...