ކ. މާލެ
|
11 ޖުލައި 2018 | ބުދަ 08:29
ސައުދީއަށް އަމާޒުކޮށް ހޫސީން ފޮނުވާލާފައިވާ މިސައިލެއް ވައްޓާލާފައި
ސައުދީއަށް އަމާޒުކޮށް ހޫސީން ފޮނުވާލާފައިވާ މިސައިލެއް ވައްޓާލާފައި
އަލްއަރަބިއްޔާ
ޔަމަން ހަނގުރާމަ
ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫސީން ފޮނުވާލި މިސައިލެއް އަނެއްކާވެސް ވައްޓާލައިފި
ޔަމަނުގެ ހަނގުރާމައިގެ ތެރެެއަށް ސައުދީ ވަދެފައިވަނީ 2015 ވަނަ އަހަރު
މި މަހުގެ ތިންވަނަ ދުވަހުވެސް ހޫސީންވަނީ މިސައިލެއް ފޮނުވާލާފައި

ޔަމަނުގެ ހަތިޔާރު އެޅި ހޫސީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ހުޅަނގު ދެކުނު ޖިޒާންއަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ސައުދީގެ އެއަރ ޑިފެންސް ފޯސްއިން ވައްޓާލައިިފިއެވެ.

ހޫސީން ހިންގާ އަލް މަސީރާ ޓީވީއިން ކުރިިން ބުނެފައިވަނީ ބަދްރު 1 ނަމަކަށް ކިޔާ މިސައިލް އަމާޒުކޮށްފައިވަނީ އިގްތިސާދީ ސިޓީއެއްކަމަށްވާ ޖިޒާންއަށް ކަމަށެވެ. އެ ސިޓީއަކީ ސައުދީ އަރަމްކޯއިން މިހާރު އިމާރާތް ކުރަމުން އަންނަ ތެޔޮ ސާފުކުރާ ކާރުޚާނާގެ މަސައްކަތްކުރަމުން އަންނަ ސިޓީއެވެ. އެތަން ފުރިހަމައަށް ހިންގަން ފެށޭނެ ކަމަށް ބެލެވެނީ 2019 ވަނަ އަހަރުއެވެ.

އެއްވެސް މީހަކަށް ހާނީއްކައެއްވެ އަދި ތަނަކަށް ގެއްލުންވިކަމުގެ ރިޕޯޓްތަކެއް ލިބިފައެއް ނުވެއެވެ.

އީރާނާއި ގުޅިފައިވާ ހޫސީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުން އަންނަ ޔަމަނުގެ ވެރިރަށް  ސަންއާގެ ތެރެއިން މި ވޭތުވެޔަ މަސްތަކުގައި އެތައް މިސައިލް ހަމަލާތަކެއް ސައުދީއަށް އަމާޒުކޮށް ފޮނުވާލާފައިވެއެވެ.

ސައުދީގެ އަސްކަރިއްޔާއިންވަނީ ގިނަ މިސައިލްތައް ވައްޓާލާފައެެވެ.

ސައުދީ އަރައްބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިސްވެ އޮވެ ޔަމަނުގެ ހަނގުރާމައިގެ ތެރެެއަށް ވަދެފައިވަނީ 2015 ވަނަ އަހަރުއެވެ. އެ ކޯލިޝަނުން މަސައްކަތްކުރީ ހޫސީންގެ ބާރު ކަނޑުވާލައި، ބައިނަލްްއަގްވާމީ މުޖުތަމައުއިން ބަލައިގަންނަ އެ ގައުމުގެ ސަރުކާރުގެ ބާރުތައް އަލުން އިއާދަ ކޮށްދިނުމަަށެވެ.

ޔަމަނުގެ ހޫސީ ހަނގުރާމަވެރިންވަނީ މިދިޔަ އަންގާރަ ދުވަހުވެސް ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ ޖިޒާން ޕްރޮވިންސަށް އަމާޒުކޮށް ރޮކެޓް ހަމަލާއެއްވެސް ދީފައެވެ. އެ ހަމަލާގައި އުމުރުން ފަސް އަހަރުގެ ކުއްޖަކުވަނީ ޒަަަޚަމްވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް