ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 17:51
ހޯމް މިނިސްޓަރ އަޒްލީން އަހުމަދު
ހޯމް މިނިސްޓަރ އަޒްލީން އަހުމަދު
މުހައްމަދު ޝަރުހާން
އިިބޫ އަށް ހަމަލާދިނުން
އިބޫ އަށް ދޭން އުޅުނު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ހޯމް މިނިސްޓަރ
ކަމާ ބެހޭ ފަރާތްތަކުން އެކަން ތަހްގީގުކުރާނެ
ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އިބޫ އެދިއްޖެ ހާލަތެއްގައި ފުލުހުންގެ ސެކިއުރިޓީ ވެސް ހަމަޖެހިގެންދާނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހަމަލާދިނުމަށް ބަޔަކު ކުރި މަސައްކަތް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު އިބޫ ހުޅުމާލެ އަށް ވަޑައިގެންނެވުމުން ބަޔަކު ހަމަލާ ދޭން އުޅުނު މައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަޒްލީން ވިދާޅުވީ އިބޫ އަށް ދޭން އުޅުނު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި ކަމާ ބެހޭ ފަރާތްތަކުން އެ މައްސަލަ ތަހްގީގުކުރަމުން ގެންދާނެ ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އިބޫ އެދިއްޖެ ހާލަތެއްގައި ފުލުހުންގެ ސެކިއުރިޓީ ވެސް އިބޫއަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިކަމާ  ގުޅިގެން ފުލުހުން ބުނީ އިބޫ އަށް ހަމަލާދޭން އުޅުނު މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށާއި އެހެންކަމުން އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

އިބޫއަށް ހަމަލާދިނުމަށް މަސައްކަތްކޮށްފައި ވަނީ ހުޅުމާލޭގައި ޑޯރ ޓު ޑޯރ ކެމްޕޭނުގައި އެމްޑީޕީގެ ބައެއް އިސްވެރިންނާ އެކު އުޅުއްވަނިކޮށެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވި ރާއްޖެޓީވީގެ ނޫސްވެރިޔާ ބުނެފައިވާ ގޮތުގައި ދެ މީހުން ގޮސް އިބޫއަށް ހަމަލާ ދިނުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެ ވަގުތު އިބޫ ވަނީ ވެހިކަލެއްގައި ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައެވެ. ހަމަލާ ދޭން އުޅުނު މީހުންނާ އެކު ޕީޕީއެމްގެ ކެމެޕެއިން ފާސް އަޅައިގެން ތިބި ބަޔަކު ހަރަކާތްތެރިވަމުން ދިޔަ އިރު އެކަމަށް އެ މީހުން ހިތްވަރު ދެމުން ދިޔަކަން ވަނީ ފާހަގަކުރެވިފައެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް