ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 10:40
މަގާމަށް ހޮއްވެވުމާއިއެކު ވައިޓް ހައުސްގައި ބްރެޓް ކެވަނައު ވާހަކަދައްކަވަނީ
މަގާމަށް ހޮއްވެވުމާއިއެކު ވައިޓް ހައުސްގައި ބްރެޓް ކެވަނައު ވާހަކަދައްކަވަނީ
ސީއެންބީސީ
އެމެރިކާގެ ސުޕްރީމް ކޯޓު
އެމެރިކާގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ބްރެޓް ކެވަނައު ހޮއްވަވައިފި
ކެވަނައުއަކީ ކޮލަމްބިއާ ޑިސްޓްރިކްޓްގެ އިސްތިއުނާފް ކޯޓުގެ ފަނޑިޔާރެއް
ކެވަނައު އަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ މުޝީރެއްވެސް މެ

އެމެރިކާގެ ސުޕްރީމް ކޯޓަށް ކަނޑައަޅާނެ ފަނޑިޔާރަކަށް ބްރެޓް ކެވަނައު ރައީސް ޑޮނަލްޑް ޓްރަމްޕް ހޮއްވަވައިފިއެވެ.

ވައިޓް ހައުސްގައި ނަންފުޅު އިއުލާނުކުރައްވަމުން ޓްރަމްޕް ވަނީ އެމަނިކުފާނު ހޮއްވެވީ "ވިސްނުންތެރި ފަނޑިޔާރެއް" ކަމަށް ވިދާޅުވެ ތައުރީފް ކުރައްވަވާފައެވެ.

ކޮލަމްބިއާ ޑިސްޓްރިކްޓްގެ އިސްތިއުނާފް ކޯޓުގެ ފަނޑިޔާރެއްކަށް ހުންނަވަނިކޮށް ސުޕްރީމް ކޯޓަށް ޓްރަމްޕް ހޮއްވެވި ކެވަނައު އަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ މުޝީރެއްވެސް މެއެވެ.

ހުރިހާ ބަވަތެއްގެ އެބޯޝަނުން ފެށިގެން، ބަޑީގެ މައްސަލައާއި އިމިގްރޭޝަން މައްސަލައިގައިވެސް އަދި އޮތީ ފަހުބަސް ބުނާ ކޯޓުގެ ނިންމުމެއް ނުލިބިއެވެ.

ކެވަނައު އަކީ އެންމެ މަތީ ކޯޓަށް ރައީސް ޓްރަމްޕް ހޮއްވަވާ ދެވަނަ ފަނޑިޔާރެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ފަނޑިޔާރު ކެވަނައު އަކީ އެންމެ ކުފޫހަމަވާ،ތައުލީމީ ގާބިލްކަމުގައި އެފަދަ ދެވަނައެއް ނެތް، އަދި ގާނޫނުގެ ތެރެއިން ފުރިހަމަ އަދުލުވެރިކަން ހޯދައިދިންކަން ސާބިތުކޮށްދީފައިވާ ބޭފުޅެއްކަމަށެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އެ މަނިކުފާނަކީ ވިސްނުންތެރި ސާފު އަދި އަސަރު ކުރަނިވި ލިޔުންތެރިކަމެއް ހުންނަވާ ދުނިޔެއިން ބެލި ނަމަވެސް މިއަދުގެ ދުނިޔޭގައީ ތޫނުފިލި ގާނޫނީ ސިކުނޑިއެއް ކަމަށެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރަނީ ރިޓަޔަރ ކުރައްވާ ފަނޑިޔާރު އެންތޮނީ ކެނެޑީގެ ބަދަލުގައެވެ.

އެމެރިކާގެ އެންމެ މަތީ ކޯޓުގައި 30 އަހަރު މަސައްކަތްކުރައްވާފައިވާ އުމުރުފުޅުން 81 އަހަރުފުޅުގެ ފަނޑިޔާރު ރިޓަޔަރ ކުރެއްވީ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ފަނޑިޔާރު އެންތަނީގެ ރިޓަޔަރ ކުރެއްވުން ވެގެންދާނީ ސުޕްރީމް ކޯޓުގައި ކޮންޒަރވެޓިވް އަޣުލަބިއްޔަތު އިތުރަށް ވަރުގަދަ ކުރުމަށް ރައީސް ޓްރަމްޕްއަށް ލިބިވަޑައިގަންނަވާ ފުރުސަތަކަށެވެ.

ފަނޑިޔާރަކަށް ހޮއްވެވި ބްރެޓް ކެވަނައު އަކީ ކޮންޒަވެޓިވް ބޭފުޅެކެވެ.

ރައީސް ޓްރަމްޕް ހޮއްވަވާ ފަރާތެއްގެ ނަން ސެނޭޓުން ފާސްކުރަންޖެހެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް