ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 13:16
ސައުދީގެ ވަލީއަހުދާއި ފްރާންސްގެ އަސްކަރިއްޔާއާ ބެހޭ މިނިސްޓަރު ބައްދަލު ކުރައްވަނީ
ސައުދީގެ ވަލީއަހުދާއި ފްރާންސްގެ އަސްކަރިއްޔާއާ ބެހޭ މިނިސްޓަރު ބައްދަލު ކުރައްވަނީ
އެސްޕީއޭ
ސައުދި އަރަބިއްޔާ
ސައުދީގެ ވަލީއަހުދާއި ފްރާންސްގެ އަސްކަރިއްޔާއާ ބެހޭ މިނިސްޓަރު ބައްދަލު ކުރައްވައިފި
ބައްދަލު ކޮށްފައިވަނީ ޖެއްދާގައި
ތަރައްގީ ގެނައުމަށް މަޝްވަރާ ކުރި
ސިއްރު މައުލޫމާތު ރައްކާތެރި ކުރުމާބެހޭ އެއްބަސް ވުމެއްގައި ސޮއި ކުރި

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ފްރާންސްގެ އަސްކަރިއްޔާގެ މިނިސްޓަރ ފްލޮރެންސް ޕާލޭ ސައުދި އަރަބިއްޔާގެ ޖެއްދާ ސިޓީގައި ބައްދަލު ކުރައްވައިފިއެވެ.

އެއްގައުމުން އަނެއްގައުމަށް އެހީވެވޭނެ ދާއިރާ ތަކާ ބޭހޭ ގޮތުން ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. ޚާއްސަކޮށް ދިފާއީ ނިޒާމާއި، ގައުމު ތަރައްގީ ކުރުމުގެ މަޝްރޫއުތަކާއި، ސަރަހައްދީ ތަރައްގީތައް ގެނައުމަށް  ދެގައުމުން  އެހީ ފޯރުކޮށްދެވޭނީ ކިހިނެތްތޯ ވަނީ ބަލާފައެވެ.

ބައްދަލުވުން ނިންމާލަމުން ވަލީއަހުދާއި ފްލޮރެންސް ޕާލޭއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެއްބަސްވުން އެކުލަވާލައިފައި ވަނީ ސިއްރު މައުލޫމާތު ރައްކާތެރި ކުރުމާ ބެހޭގޮތުންނެވެ.

އެ ބައްދަލުވުމަށް ސައުދީގެ ފަރާތުން އެގައުމުގެ ޑިފެންސް މިނިސްޓަރ، ސިފައިންގެ ޗީފް އޮފް ސްޓާފް، ޑިފެންސް މިނިސްޓަރު އޮފީހުގެ ޑިރެކްޓަރ ޖެނެރަލް، ޑިފެންސް މިނިސްޓަރަށް ހަނގުރާމައިގެ މަތީ ލަފާ އަރުވާ ބޭފުޅާއާއި ފްރާންސަށާއި ސްވިޒަލޭންޑްއަށް ކަޑައަޅާފައި ހުންނަވާ ހަނގުރާމަ މަތީ ސަފީރު ވަނީ ބައިވެރި ވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް