ކ. މާލެ
|
8 ޖުލައި 2018 | އާދީއްތަ 15:34
ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް ކާޑު ތައާރަފު ކުރުމުގެ ތެރެއިން
ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް ކާޑު ތައާރަފު ކުރުމުގެ ތެރެއިން
ދިރާގު
ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް
ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް ކާޑު ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ތައާރަފު ކޮށްފި
ކާޑު ތައާރަފު ކޮށްދެއްވީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް
މި ހިދުމަތް ތައާރަފު ކުރެވިގެން ދިޔައީ ދަރިވަރުން ބޭނުންކުރަމުންދާ ދިރާގުޕޭ އެން.އެފް.ސީ ސްޓިކާގެ ބަދަލުގައި
ދިރާގު ޕޭ ގެ ހިދުމަތް ތައާރަފު ކޮށްފައިވަނީ މިދިޔަ އަހަރު

ދިރާގުޕޭ އެން.އެފް.ސީ ޑެބިޓް ކާޑު ދިރާގުން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ތައާރަފުކޮށްފިއެވެ.

މި ކާޑު ތައާރަފު ކޮށްދެއްވީ މިކަމަށްޓަކައި ސްކޫލްގައި ބޭއްވި ހާއްސަ އިވެންޓެއްގައި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމްއެވެ.

މި ހިދުމަތް ތައާރަފު ކޮށްފައިވަނީ ދިރާގާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް ގުޅިގެން މި އަހަރުގެ ޖެނުއަރީ މަހު އެ ސުކޫލްގެ ދަރިވަރުންނަށް ތައާރަފު ކުރި ދިރާގްޕޭގެ ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުންނެވެ. އެގޮތުން މި ހިދުމަތް ތައާރަފު ކުރެވިގެން ދިޔައީ ދަރިވަރުން ބޭނުން ކުރަމުންދާ ދިރާގުޕޭ އެން.އެފް.ސީ ސްޓިކާގެ ބަދަލުގައެވެ.

މި ކާޑަކީ ދަރިވަރުންނަށް ހާއްސަކޮށްގެން ދިވެހިރާއްޖޭގައި ތާއާރަފު ކުރި މިފަދަ ފުރަތަމަ އެން.އެފް.ސީ ޑެބިޓް ކާޑެވެ. މި ކާޑު ފަރުމާކުރެވިފައި ވަނީ ދަރިވަރުންގެ ފޮޓޯ އާއި ނަމާއި އަދި އިންޑެކްސް ނަންބަރު ހިމަނައިގެން ޕަރސަނަލައިޒް ކުރެވިގެންނެވެ.

ދިރާގު ޕޭގެ މި ޑެބިޓް ކާޑަކީ އެން.އެފް.ސީ މެދުވެރިކޮށް ދިރާގު ޕޭ ޕީއޯއެސް ޓަރމިނަލްގައި ކާޑު ޓެޕް ކޮށްލުމަށް ފަހު ވިޔަފާރި ކުރެވޭ ގޮތަށް ހަދާފައިވާ ކާޑެކެވެ. މި ކާޑް ބޭނުންކޮށްގެން ސްކޫލް ކެންޓީނުން ދަރިވަރުންގެ އިންޓަވަލަށް ފައިސާ ދެއްކޭ ގޮތް ވެސް ވަނީ އިންތިޒާމު ކޮށްފައެވެ.

ދިރާގު ޕޭގެ ޑެބިޓް ކާޑް ތައާރަފު ކުރުމާއި ގުޅިގެން ދިރާގު ޕޭ މެދުވެރިކޮށް ސްކޫލް ކެންޓީނުން ވިޔަފާރި ކުރާ ދަރިވަރުންނަށް %50 ޑިސްކައުންޓް އެއް ހަފްތާ ވަންދެން ދިނުމަށް ވެސް ދިރާގުން ވަނީ ވަނީ ހަމަޖައްސާފައެވެ.

އެން.އެފް.ސީ ސްޓިކާއެކޭ އެއްފަދައިން ދިރާގު ޕޭގެ ޑެބިޓް ކާޑު ލިންކް ކުރެވިފައިވަނީ ބެލެނިވެރިޔާގެ އީ-ވޮލެޓަށެވެ. އެހެންކަމުން ބެލެނިވެރިންނަށް ވަގުތުން ފަސޭހަކަމާއެކު ދަރިވަރުން ކުރާ މުއާމަލާތްތައް ބެލޭނެ ނިޒާމުވެސް ވަނީ ފަހިވެފައެވެ.

ސްކޫލަށް ފައިސާ ނުގެންގޮސް، ބެލެނިވެރިންގެ އީ-ވޮލެޓަށް ފައިސާ ޖަމާކުރުމަށް ފަހު ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކުދިންގެ އިންޓަވަލް ގަނެވޭގޮތް ދިރާގު ޕޭ މެދުވެރިކޮށް ފަހިވުމާއި ގުޅިގެން މި ހިދުމަތަށް ވަރަށް ބޮޑު ތަރުހީބެއް ބެލެނިވެރިންގެ ފަރާތުންނާއި އަދި ދަރިވަރުންގެ ފަރާތުން ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން މި ހިދުމަތް އިތުރަށް ފުޅާކޮށް އެހެން ސްކޫލްތަކުގެ ދަރިވަރުންނަށް މި ހިދުމަތް ދިނުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގު ޕޭ ގެ ހިދުމަތް ތައާރަފު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

- ކޮމެންޓް