ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 16:37
މާޔާ އާއި އޭނާގެ އާއިލާ އެކުގައި
މާޔާ އާއި އޭނާގެ އާއިލާ އެކުގައި
އޭއެފްޕީ
ނުކުޅެދުންތެރިކަން
ސޯޝަލް މީޑިއާގެ ސަމާލުކަން ލިބުނު ސީރިއާގެ ފައި ނެތް ކުއްޖާ އަށް ތުރުކީ އިން ފައެއް ހަދިޔާކޮށްފި
ކުޑަ ކުއްޖާގެ ފައި ނެތް ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވި
ކުޑަ ކުއްޖާގެ ބައްޕައަކީ ވެސް ފައި ނެތް މީހެއް

ވިހޭއިރު ފައި ނެތް، އަށް އަހަރުގެ ސީރިއާ ކުއްޖަކަށް ތުރުކީން ފައެއް ހަދިޔާ ކޮށްފިއެވެ.

އެ ކުއްޖާ ތުރުކީގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އައީ ސޯޝަލް މީޑިއާގައި އެ ކުއްޖާ އުޅެން ޖެހިފައިވާ ގޮތުގެ ފޮޓޯއެއް އާއްމުވުމާ ގުޅިގެންނެވެ. ތުރުކީން ވަނީ އެ ކުއްޖާ އެ ގައުމަށް ގެންގިސް ފައި ހަދިޔާ ކޮށްދީފައެވެ.

ޑޮކްޓަރުން ބުނީ ވަރަށް އަވަހަށް އެ ކުއްޖާ އަށް ހިނގޭނެ ކަމަށެވެ. އަދި ޑޮކްޓަރުން ވަނީ މާޔާ ނަމަކަށް ކިޔާ އެކުއްޖާގެ ބައްޕަގެ ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

މާޔާގެ ބައްޕައަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. އޭނާގެ ފައި ނުހުންނައިރު، އުދަނގޫތަކާ އެކު ވެސް އާއިލާ ބެލުމުގެ ޒިންމާއާ ހަވާލުވެގެން ހުންނަނީ އޭނާއެވެ. އޭނާ އައިލާ ބަލަމުން ގެންދަނީ ސީރިއާގެ އިރުމަތީގައި ހަދާފައި ހުންނަ ރެފިއުޖީ ކޭމްޕްގައެވެ. މާޔާގެ ބައްޕަ ބުނީ ދަރިފުޅު ފަޔަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފައިވާން ނުލެވޭތީ، އޭގެ ބަދަލުގައި ބޭނުންކުރަނި ތަޅު ކަމަށެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެއް ފޮޓޯގައި ފެންނަނީ މާޔާ ދަޅުތަކަކަށް އަރައިގެން އޭނަގެ ބައްޕައާ އެއްކޮށް ހިނގާފައި ދާ މަންޒަރެވެ. އެމީހުންނާ އެކު އެ ކުއްޖާގެ ކޮއްކޮއެއް ވެސް ހިގާފައި ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް