ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 07:33
ހޮހަޅާގައި ތާށިވެފައި ތިބި ތައިލެންޑުގެ ފުޓްބޯޅަ ޓީމް
ހޮހަޅާގައި ތާށިވެފައި ތިބި ތައިލެންޑުގެ ފުޓްބޯޅަ ޓީމް
ފޭސްބުކް
ހޮހަޅާގައި ތާށިވި ކުދިން
ޑައިވަރު މަރުވި ޚަބަރު ހޮހަޅައިގައި ތިބި ކުދިންނަށް ދީފައެއް ނުވޭ
ޑައިވަރު މަރުވި ވާހަކަ ނުބުނީ އެކުދިންގެ ރައްކަލަކަށް
ހޮހަޅާގައި ދަނީ އޮކްސިޖަންގެ ލެވެލް ދަށްވަމުން
އެ ކުދިން ސަލާމަތް ކުރުމަކީ އުދަނގޫކަމެއް

ތައިލެންޑްގެ ހޮހަޅައިގައި ތާށިވެފައިވާ 12 ކުދިންނާއި ފުޓް ބޯޅަ ކޯޗު ސަލާމަތް ކުރުމުގައި ހަރަކާތްތެރި ވަމުން ދަނިކޮށް ޑައިވަރަކު މަރުވި ވާހަކަ ހޮހަޅައިގައި ތިބި ކުދިންނަށް ދީފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުރީގެ ސާޖެންޓެއް ކަމަށްވާ އުމުރުން 38 އަހަރުގެ ސަމަން ގުނާން މަރުވެފައިވަނީ ބުރާސްފަތީގެ ރޭ ހޮހަޅައަށް އޮކްސިޖަން ފޯރު ކޮށްދިނުމަށްފަހު ހޮހަޅައިން ނުކުތުމަށް ދަނިކޮށް، އޭނާގެ އޮކްސިޖަން ފުޅި ހުސްވެގެނެވެ. ކުދިން ސަލާމަތް ކުރުމަށް އޭނާ ބައިވެރިވީ އަމިއްލަ ގޮތުންނެވެ. ސާޖެންޓް ކަމުން މިހާރު ރިޓަޔަރ ކޮށްފައިވާ ގުނާން މަރުވުން ހަށިގަނޑު ނެރެދީފައި ވަނީ އޭނަގެ ޑައިވިން ޕާޓުނަރެވެ.

މި ވަގުތު ވެސް ގާތް ގަޑަކަށް 1000 މީހުން އެ ކުދިން ސަލާމަތް ކުރުމަށް ދަނީ ހަރަކާތްތެރި ވަމުންނެވެ. އޭގެ ތެރޭގައި ޑައިވަރުންނާއި ސިފައިންގެ އިތުރުން އާންމުން ވެސް ހިމެނެއެވެ. ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވާ މީހުން ބުނީ ސާޖެންޓް މަރުވި ނަމަވެސް ކުދިން ސަލާމަތްކުރުމުގެ މަސައްކަތަށް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށާއި އެ ހާދިސާއިން އިބްރަތް ލިބިގަންނާނެ ކަމަށެވެ. 

ހޮހަޅައިގައި ތާށިވެފައި ތިބި ކުދިން ސަލާމަތް ކުރުމަށް އަވަސް ހައްލެއް ހޯދަމުންދާއިރު ތަޖުރިބާކާރުންނާއެކު ވެސް ޑައިވް ކޮށްގެން އެ ކުދިން ނެރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ޕްރޮފެޝަނަލް ޑައިވަރަކު އޮކްސިޖަން ފޯރުކޮށްދީފައި އެބުރި އައި ވަގުތު މަރުވުމުން އެ އޮޕަރޭޝަންގައި ހުރި ނުރައްކާ ކުރިން ހީވެފައި އޮތް ވަރަށް ވުރެ ބޮޑުކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ހޮހަޅައަށް އޮކްސިޖަން ފޯރުކޮށްދޭން ޑައިވަރު ގޮސްފައި ވަނީ ވާރޭވެހުމުގެ ސަބަބުން ހޮހަޅައިގެ ތެރޭގައި ފެން ބޮޑުވެ އޮކްސިޖަން ހުރި މިންވަރު ދަށްވުމުންނެވެ. އޮކްސިޖަން ލެވެލް މިހާރު 15 ޕަސަންޓުގައި ހުރުމުން ކަމާއިބެހޭ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއްމުކޮށް ނޭވާލާއިރު އޮކްސިޖަން ހުންނަން ޖެހޭނީ 21 ޕަސަންޓުގައެވެ. މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށްވެ އެވެ. 

އެހެންކަމުން އެ ހޮހަޅައަށް ސާފުވައި ވައްދާދޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. 

- ކޮމެންޓް