ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 06:40
ތެޔޮ ކާރުހާނާއެއްގައި މީހަކު މަސައްކަތްކުރަނީ
ތެޔޮ ކާރުހާނާއެއްގައި މީހަކު މަސައްކަތްކުރަނީ
ގޫގުލް
ތެލުގެ ވިޔަވާރި
އެމެރިކާގެ އެދުމަށް ސައުދީން ތެޔޮ އުފެއްދުން އިތުރުކޮށްފި
ސައުދީ ރަސްގެފާނު ނިންމީ ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން
ތެޔޮގިނައިން އުފައްދަނީ އޭގެ އަގު ނޫފުލޭ ގޮތް ހެދުމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދުމުގެ މަތިން ސައުދީ އަރަބިއްޔާއިން ތެޔޮ އުފެއްދުން އިތުރުކޮށްފިއެވެ.

ކައިރި މުސްތަގުބަލުގައި ތެލުގެ އަގު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭތީ އޭގެ އަގު ތިރިކުރުމަށްޓަކައި ޓުރަމްޕް އެދުމުން، ސައުދީން ވަނީ ދުވާލަކު އިތުރު 2 މިލިއަން ފީފާ އުފައްދަން ނިންމައިފައެވެ. ހޯމަ ދުވަހު އެ ނިންމުން ނިންމާފައިވަނީ ސަލްމާން ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.

ތެލުގެ އަގު ވަރަށް ބޮޑަށް ކުރިއަށް އޮތް ދުވަސްވަރު އުފުލޭނެ ކަމަށް ބެލެވިފައި ވަނީ ވެނެޒިޔުލާއިންނާއި އީރާނުން ތެޔޮ އުފައްދާ މިންވަރު މަދުވުމުންނެވެ. އީރާނުން ތެޔޮ އުފައްދާ މިންވަރު މަދު ކުރަން ނިންމީ އެމެރިކާއިން އެ ގައުމަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅައި އެހެން ގައުމްތަކުން އީރާނާއެކު ކުރާ ވިޔަފާރި ހުއްޓާލުމަށް ބާރު އެޅުމާ ގުޅިގެން އެ ގައުމަށް ލިބޭ ގެއްލުމުގެ މިންވަރު ކުޑަ ކުރުމަށެވެ. އެހެން ކަމުން ސައުދީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ތެލުގެ އަގު އުފުލުނަ ނުދިނުމަށްޓަކައި އިތުރަށް އުފައްދަންޖެހޭ މިންވަރު އެ ޤައުމުން އުފެއްދުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 ޖުލައި 2018 | ހުކުރު 06:58
އެމެރިކާ އެދިގެން
އެމެރިކާ އެދިގެން ފަލަސްތީން ރައްޔިތުން ކަތިލަނީވެސް