ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 06:37
މިހާރުގެ ބޮޑު ވަޒީރު މަހާތީރް (ކ) އަދި ކުރީގެ ބޮޑު ވަޒީރު ނަޖީބު
މިހާރުގެ ބޮޑު ވަޒީރު މަހާތީރް (ކ) އަދި ކުރީގެ ބޮޑު ވަޒީރު ނަޖީބު
ރޮއިޓަރސް
މެލޭޝިއާ-ޗައިނާ
ޗައިނާ އިން ފަންޑުކުރާ 22 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް މެލޭޝިއާއިން ހުއްޓުވައިފި
މިހާރުގެ ސަރުކާރުން ދަނީ ކުރީގެ ސަރުކާރުން ސޮއެ ކޮށްފައިވާ ޕްރޮޖެކްޓްތައް ރިވިއު ކުރަމުން

ޗައިނާ އިން މެލޭޝިއާގައި ހިންގަން ރާވާފައިވާ 22 ބިލިއަން ޑޮލަރުގެ ތިން ބޮޑު ޕްރޮޖެކްޓެއް ބުރާސްފަތި ދުވަހު މެލޭޝިއާ އިން ސަސްޕެންޑު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ބޮޑު ވަޒީރުކަމުގެ ދައުރުގައި ސޮއެކޮށްފައިވާ ގިނަ ޕްރޮޖެކްޓުތަކެއް މިހާރުގެ ބޮޑު ވަޒީރު ޑރ. މަހާތީރް މުހައްމަދު ގެންދަވަނީ ރިވިއު ކުރައްވަމުންނެެވެ. 

މެލޭޝިއާގެ ފައިނޭންސް މިނިސްޓަރު ލިމް ގުއާން އިންގް މީޑިއާތަކަށް ވިދާޅުވީ ބޮޑު ވަޒީރު ޑރ. މަހާތީރު މުހައްމަދު, ދެ ގޭސް ޕައިޕްލައިން ޑީލަކާއި އަދި 688 ކިލޯމީޓަރު ގެ ރެއިލް ލިންކް ޑީލެއް ސަސްޕެންޑު ކުރުމަށް އަމުރުކުރައްވާފައިވާ ކަަމަށާއި، މި ޕްރޮޖެކްޓްތަކުގެ އަގަކީ 22.35 ބިލިއަން ޑޮލަރު ކަމަށެވެ. ލިމް ވިދާޅުވީ މި ޕްރޮޖެކްޓްތައް ސަސްޕެންޑް ކުރަން ބޮޑު ވަޒީރު މަހާތީރް އެންގެވީ މެލޭޝިއާގެ ދަރަނި 250 ބިލިއަން ޑޮލަރަށް އަރާފައިވާތީ އާއި އަދިވެސް އެހެނިހެން ލަޔަބިލިޓީ ތަކާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިންކަމަށެވެ. 

ޕައިޕްލައިން ޕްރޮޖެކްޓްތައް އެވޯޑުކޮށްފައި ވަނީ "ޗައިނާ ޕެޓްރޯލިއަމް ޕައިޕްލައިން ބިއުރޯ" އަށް ކަމަށް ވާއިރު "އީސްޓް ކޯސްޓް ރެއިލް ލިންކް"ގެ މައިން ކޮންޓްރެކްޓާ އަކީ "ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ" އެވެ. 

ކުރީގެ ބޮޑު ވަޒީރު ނަޖީބުގެ ދައުރުގައި ޗައިނާ އިން ފަންޑު ކުރާ ގިނަ ޕްރޮޖެކްޓްތަކެއްގައި ސޮއެކޮށްފައިވާއިރު މި ޕްރޮޖެކްޓްތަކަކީ ދެފުށްނުފެންނަ ގޮތަށް ސޮއެކޮށްފައިވާ ޕްރްޖެކްޓްތަކެއް ނޫންކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. 

 

 

 

 

- ކޮމެންޓް