ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 22:25
ހޮހޮޅައަށް ފޯން ލައިނެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން
ހޮހޮޅައަށް ފޯން ލައިނެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން
އޭބީސީ ނިއުސް
ހޮޮހޮޅައިގައި ތާށިވި ކުދިން
ހޮޮހޮޅައިގައި ތާށިވި ކުދިން: މޫސުން ގޯސްވެދާނެ ކަމުގެ ބިރު ހީވެއްޖެ
ކުރިން ފޮނުވި ފޯނު ފެންގަނޑަށް ވެއްޓުމުން އާ ފޯނެއް ފޮނުވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން
މީހުން ސަލާމަތްކުރުމަށްް 1،000 އަށް ވުރެ ގިނަ މީހުން މަސައްކަތްކުރޭ

ތައިލެންޑްގައި، ފެންބޮޑުވެފައިވާ ހޮހޮޅައެއްގައި ތާށިވެފައި ތިބި 12 ފިރެހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި މޫސުން ގޯސްވެ ވާރޭ ވެހެން ފެށުމުގެ ކުރިން އެކުދިން ސަލާމަތްކުރެވޭތޯ ރެސްކި އުޓީމުން ބަލަން ފަށައިފިއެވެ.

ކުރިޔަށް ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު ވާރޭވެހިއްޖެ ނަމަ، ހޮހޮޅައިގައި މިހާރު ކުދިން ހިމާޔަތް ހޯދައިގެން ތިބި ސަރަހައްދުގައި ވެސް ފެންބޮޑުވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ހޮހޮޅަ ހުންނަ ޗިއާންގް ރާއީ ޑިސްޓްރިކްޓަށް މިދިޔަ ދެތިން ދުވަހު ވާރޭ ވެހިފައެއް ނުވެއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޓީމުން މިހާރު ބަލަމުންދަނީ ރައްކާތެރިކަމާ އެކު ކުދިން ނެރެވޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ.

"އެކުދިން ފެނުމުގެ ކުރިން މިހާރު މިދަނީ ވަގުތު ކުޑަތަންވަމުން" ޗިއާންގް ރާއީގެ ގަވަރަނަރ ނަރޮންގސަކް އޮސޯއްތަނަކޯން ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތައިލެންޑްގެ ކަނޑުގެ ސިފައިންގެ ތެރޭގައި އޮންން ތައި ނޭވީ ސީލް އިން މިހާރު ބަލަމުންދަނީ ލައިފް ޖެކެޓް އަޅުވައިގެން އެކުދިން ފެންމައްޗަށް އަރުވައިގެން ނެރެވިދާނެ ގޮތެއް އޮތްތޯ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ހޮހޮޅައަށް ފޯން ލައިންތައް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން ކަމަށާއި އޭރުން އެކުދިންނަށް އާއިލާތަކާ ވާހަކަ ދެއްކޭނެ ކަމަށެވެ.

ކުރިން ފޮނުވި ފޯނު ފެންގަނޑަށް ވެއްޓުމުން އާ ފޯނެއް ފޮނުވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ވާރޭ ނުވެހި އެކަށީގެންވާ ދުވަސްކޮޅެއްގައި އޮވެއްޖެ ނަމަ ތަމް ލައުންގ ހޮހޮޅައިގެ ތެރެއިން ކުދިންނަށް ހިނގާފައި ނުކުމެވުމުގެ ފުރުސަތު ލިބިދާނެ ކަމަށް ބެލެވޭއިރު ދެވަނަ ގޮތަކަށް ބަލަނީ ލައިފް ޖެކެޓް އެޅުވުމަށް ފަހު ފްލޯޓް ކޮށްގެން ނެރުމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް