ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 05:57
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް
ޓްވިޓަރ
ގާސިމްގެ ޓްވީޓް
ކޯލިޝަންގެ ކެންޑިޓޭޓަކީ 'ރައްޔިތުން އެދޭ ބަދަލު:ޤާސިމް
ޖޭޕީން އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން އޮތް ގޮތަކަށް
ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ ކެންޑިޑޭޓެއް
އެމްޑީޕީގެ ކެންޑިޑޭޓާއެކު ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެއް

ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަކީ ރައްޔިތުން އެދޭ ބަދަލު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ޤާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމްހޫރީ  ޕާޓީން މި މަގުން ކުރިއަށް ދިޔުމަކީ ރައްޔިތުންގެ އެދުން ކަމަށާއި އެ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން އޮތް ގޮތަކަށް، ރާއްޖެ އަނިޔާވެރިކަމުން ސަލާމަތް ކުރުމުގައި، ދީނާ ހިލާފު ނޫން، އދ އަދި ވިލާތުގެ އިއްތިހާދުގެ ނިންމުންތަކާއެކުގައި ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެފައިވާއިރު އެ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓާއެކު ނުކުންނާނީ ޖޭޕީގެ ރަނިންމޭޓެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމުން މި ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކޯލިޝަނެއްގެ ގޮތުގައި ވާދަކުރަން ނިންމެވީ، ދިވެހި ޤައުމު ސަލާމަތް ކުރުމަށް ކަމަށާއި އިތުބާރު ދަމަހައްޓައި އެކުވެރި ކާމިޔާބަކާއެކު ރައްޔިތުންގެ އުންމީދު ހަޤީޤަތަކަށް ހެދޭނެ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވުމާއި ގުޅިގެން އެކި ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެ ފަރާތްތަކުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ އެކި މެމްބަރުން ވެސް ދަނީ އެ ބޭފުޅުންގެ ޝުއޫރުތައް ހިއްސާ ކުރަމުންނެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވި "ކޮކްޓެއިލް" ގެ ތެރެއިން މާތްﷲ ގެ އިރާދަފުޅާއެކު ރައްޔިތުން އެދޭ ގޮތަށް އެއް ކެންޑިޑޭޓަކު ދެއްކިފައިވާ ކަމަށާއި ދެން އޮތީ މަސައްކަތް ކުރުން ކަމުގައެވެ. އަދި އެ ޓުވީޓުގައި މަހުލޫފް ވަނީ ހަތަރު ޕާޓީގެ ލީޑަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީ އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ވެސް ދަނީ ފޯރީގައި ކެމްޕޭން ކުރަމުންނެވެ.   

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް