ކ. މާލެ
|
28 ޖޫން 2018 | ބުރާސްފަތި 18:44
ޖަޒީރާ ރާއްޖޭގެ ބިލްބޯޑް ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގެ ތެރެއިން
ޖަޒީރާ ރާއްޖޭގެ ބިލްބޯޑް ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގެ ތެރެއިން
ސިމާހާ ނަސީމް
ޖަޒީރާ ޕޯސްޓަރު
ޖަޒީރާ ރާއްޖޭގެ ބިލްބޯޑް ޕޯސްޓަރު ހަރުކުރަން ފުލުހުން ހުރަހެއް ނާޅާ!
ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އީވާ އަބްދުﷲ
ޕޯސްޓަރު ހަރުކުރުމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގާނެ

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ހިންގާ "ޖަޒީރާ ރާއްޖެ" ޕޯސްޓަރު ހިއްޕުމުގެ ހަރަކާތަށް ފުލުހުން ހުރަހެއް ނާޅައެވެ.

ބުރާސްފަތި ދުވަހު މަޖީދީމަގުގެ އަލިކިލޭގެފާނު މަގު ކަންމަތީގައި އެ ޕާޓީގެ ފަރާތުން ބޭއްވި ބިލްބޯޑް ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އެ ޕާޓީ ތަމްސީލުކުރާ ދާއިރާތަކުން ޕޯސްޓަރު ހަރުކުރުމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން އީވާ ވިދާޅުވީ މިނިވަން ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމުގެ އެއްވެސް ދައުރެއް ފުލުހުންނަށް ނޯންނާނެ ކަމަށާއި ސިޔާސީ ނުފޫޒުން ފުލުހުން އެއްކިބާ ވާންޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ އެހެން މުވައްސަސާތަކަށް ވެސް ސުލްހަވެރި ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށެވެ.

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގެ ތެރެއިން އެ ޕާޓީން ޕޯސްޓަރުތައް ހަރުކުރަން އުޅުމުން ފުލުހުން ވަނީ އެ ޕޯސްޓަރުތައް އެމީހުން އަތުން ޖަހައިގަނެ، ވީދާލާފައެވެ. އަދި ޕޯސްޓަރުތައް ހިފައިގެން އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބި މީހުންގެ އަތުން ވެސް ފުލުހުން ވަނީ ޕޯސްޓަރު ޖަހައިގަނެފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެހެން ޕާޓީތަކަށް ވެސް ކެމްޕޭން ހިންގުމަށް ދޭ އެއްބާރުލުން އެ ޕާޓީތަކަށް ލިބެން ޖެހޭނެ ކަމަށެވެ.

"ޖަޒީރާ ރާއްޖެ" ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގައި އެ ޕާޓީއަށް ތާއިދުކުރާ މީހުން ވަނީ ބައިވެރިވެފައެވެ.

   

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް