ކ. މާލެ
|
11 ޖޫން 2018 | ހޯމަ 19:21
ފީފާގެ ރައީސްއާއެކު އެފްއޭއެމްގެ ރައީސް އަދި ޖެނެރަލް ސެކްރެޓަރީ
ފީފާގެ ރައީސްއާއެކު އެފްއޭއެމްގެ ރައީސް އަދި ޖެނެރަލް ސެކްރެޓަރީ
ޓްވިޓަރ
ފީފާ ކޮންގްރެސް
ފީފާގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލުކުރުމަށް އެފްއޭއެމްގެ ވެރިން ރަޝިއާއަށް
މި ކޮންގްރެސްގައި ރާއްޖޭ ތަމްސީލުކުރާނީ ބައްސާމް އަދި ޖަވާޒް
ކޮންގްރެސްގައި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމު ކަނޑައަޅާނެ
ކޮންގްރެސް ފަށާނީ ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން ބުދަ ދުވަހު

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ކޮންގްރެސްގައި ބައިވެރިވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސްވެރިން ރަޝިއާއަށް ފުރައިފިއެވެ.

މި ކޮންގްރެސްގައި އެފްއޭއެމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒްއެވެ. މި ދެ ބޭފުޅުންގެ އިތުރުން އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް ވެސް މި ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.  

ފީފާގެ ކޮންގްރެސް ފަށާނީ ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން ބުދަ ދުވަހުއެވެ. ރަޝިއާގެ ވެރިރަށް މޮސްކޯގައި ކުރިޔަށްދާ މި ކޮންގްރެސްގައި މިއަހަރު ފުރަތަމަ ފަހަރަށް ގައުމުތަކުގެ އެސޯސިއޭޝަންތަކަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނެ ގައުމު ކަނޑައެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެކުރިން ވޯލްޑް ކަޕް ބާއްވަނީ ފީފާގެ އެގްޒެކްޓިވް ކައުންސިލްއަށެވެ.

ފީފާގެ ރޮޓޭޝަނަލް ޕޮލިސީގެ ދަށުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ފުރުސަތު ލިބެނީ އުތުރު އެމެރިކާ، ދެކުނު އެމެރިކާ، އޯޝޭނިއާ ނުވަތަ އެފްރިކާގެ ގައުމުތަކަށެވެ. އެގޮތުން މިހާތަނަށް ވޯލްޑް ކަޕް ބޭއްވުމަށް ދެ ފަރާތަކުން ވަނީ ބިޑު ކޮށްފައެވެ. އެއީ އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ މޮރޮކޯއިން ކުރި ބިޑާއި އުތުރު އެމެރިކާގެ ތިން ގައުމު އެކުވެގެން ކޮށްފައިވާ ބިޑެވެ. މި ތިން ގައުމަކީ އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާއެވެ.

ލަފާކުރެވޭ ގޮތުގައި މެމްބަރު އެސޯސިއޭޝަންތަކުގެ ބޮޑު އަޣުލަބިއްޔަތަކާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ވޯޓު ކާމިޔާބުކުރާނީ އުތުރު އެމެރިކާގެ ތިން ގައުމު އެއްކޮށް ކޮށްފައިވާ ބިޑެވެ. މިފަހަރުގެ ވޯޓުގައި ރާއްޖެއިން ވެސް ބައިވެރިވާނެއެވެ.

ހަމައެހެންމެ ފީފާގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ވޯލްޑް ކަޕް ހުޅުވުމަށް ރަޝިއާ އަދި ސައުދީ އަރަބިއްޔާ މޮސްކޯގައި ހުންނަ ލުޒްނިކީ ސްޓޭޑިއަމްގައި ކުޅޭ މެޗު ވެސް ބައްލަވާލައްވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 ޖޫން 2018 | ހޯމަ 23:34
މީދެން ކޮންބައެއް
މީދެން ކޮންބައެއް ފުއްޕާކަށް