ބޭނުންވާ ތަކެތި

  1. އެއް ބޯށި
  2. ވަޅޯމަސް ކޮޅެއް
  3. ބައި ސަމްސާ އަސޭމިރުސް (މުގުރާފައި)
  4. ބައި ސަމްސާ ދިރި(މުގުރާފައި)
  5. ލޮނުމެދު (ކޮށާފައި)
  6. އެއް ބޮޑު ފިޔާ(ކޮށާފައި)
  7. ރޯމިރުސް
  8. ހިކިމިރުސް
  9. ހިކަނދި ފަތް
  10. ރާނބާފަތް
  11. ތެޔޮ، ލޮނު

 

ހައްދަވާނެ ގޮތް:

ތަށްޓަކަށް ފެންއެޅުމަށް ފަހު ފެނުގެ ތެރެއަށް ލޮނު ކޮޅެއް އަޅާށެވެ. އެ ފެނުގެ ތެރެއަށް ބޯށި ތުނިކޮށް ކޮށާލާށެވެ. ބޯށި ކޮށައި ނިމުމުން ފެނާއި ބޯށި ވަކިކޮށްލާށެވެ. ފިޔާ މީރު ކުރުމަށް ފިޔާ، ހިކަނދިފަތް، ރާނބާފަތް، ލޮނުމެދު އަޅައިގެން މީރު ކުރުމަށް ފަހު އޭގެ ތެރެއަށް ވަކިކޮށްލި ބޯށި ކޮޅު އެޅުމަށް ފަހު ބާކީ ހުރި ވަޅޯމަސް، މިރުސް، އަސޭމިރުސް، ދިރި އަޅައިގެން އެއްކޮށްލާށެވެ. އެ އަށް ފަހު ބޯށިން ނިކުންނަ ފެން ހިނދެންދެން މަޑު ގިނީގައި ކައްކަމުން ދާށެވެ. ކެކުމުން ލޮނު ހެޔޮވަރު ކޮށްލާށެވެ.

 

ބޯށި ތައްޔާރުކޮށް ނިމިފައި
- ކޮމެންޓް