ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 20:12
ޓޭބަލް ޓެނިސް މެޗެއްގެ ތެރެއިން
ޓޭބަލް ޓެނިސް މެޗެއްގެ ތެރެއިން
އިމޭޖަސް.އެމްވީ
ދުންތަރި ކަޕް 2018
މިރޭ ދުންތަރި އިބްރާހިމް މަނިކް މެމޯރިއަލް ޗެމްޕިއަންޝިޕް ފަށަނީ
މިއީ މި މުބާރާތް ބާއްވާ 10 ވަނަ ފަހަރު

ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ދުންތަރި އާއިލާ ގުޅިގެން ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ބާއްވާ ދުންތަރި އިބްރާހިމް މަނިކް މެމޯރިއަލް ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތުގެ ކުޅުން މިރޭ ފަށާނެއެވެ.

މި މުބާރާތަކީ ކުރީގެ ޓޭބަލް ޓެނިސް ކުޅުންތެރިޔެއް ކަމަށްވާ އަލްމަރުހޫމް އިބްރާހިމް މަނިކުގެ ހަދާނުގައި ކޮންމެ ރޯދަ މަހަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާ 10 ވަނަ ފަހަރަށްވާއިރު މިއަހަރުގެ މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:15 ގައެވެ. މިއަހަރުގެ މުބާރާތުގެ ކުޅުން ވެސް ކުރިޔަށްދާނީ ސޯޝަލް ސެންޓަރުގެ އިންޑޯރ ކޯޓުގައެވެ.

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން މިއަހަރުގެ މުބާރާތުގައި ފެނިގެންދާއިރު ޒުވާން ކުޅުންތެރިންނާއި ވެޓެރަންސް ކުޅުންތެރިން ވެސް މިއަހަރުގެ މުބާރާތުގައި ވެސް ފެންނާނެއެވެ. މި މުބާރާތުގައި ޖޫނިއަރ އަދި ސީނިއަރ ގެ އިތުރުން ވެޓެރަންސް ކެޓަގަރީގެ މެޗުތައް ވަނީ ކުޅުމަށް ހަމަޖެހިފައެވެ.

މިއަހަރުގެ މުބާރާތުގައި 8 ޓީމަކުން 73 ކުޅުންތެރިން ބައިވެރިވާނެއެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ "ބޫލޫ ފަޔަރ" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް