ބޭނުންވާނެ ތަކެތި:

  1. އެއް ޕެކެޓު އޮރިއޯ ބިސްކޯދު
  2. ދެ ޖޯޑު ވިޕިންގ ކްރީމް
  3. 100 ގްރާމް ކުކިންގ ޗޮކްލެޓް
  4. އެއް ތަށި ޕްލޭން ޔޯގަރޓް 
  5. ½ ޖޯޑު ފުލް ކްރީމް މިލްކް

ހައްދަވާނެ ގޮތް:

ފުރަތަމަ އޯރިއޯ ބިސްކޯދުގެ މެދުގައި އިންނަ ކްރީމްކޮޅު ނަގާފައި ބިސްކޯދުތައް މުގުރާލާށެވެ. ދެން ޗޮކްލެޓްކޮޅު ކިރާ އެކު މެލްޓްކޮށްފައި ހިހޫ ކުރަން ބަހައްޓާށެވެ. އެއަށްފަހު، ވިޕިން ކްރީމް ސެޓް ކުރުމަށް ފަހު މެލްޓް ޗޮކްލެޓާ، ޔޯގަޓާ އެއްކޮށްލާށެވެ. ދެން ބޭނުން ކުރާ ތަށީގެ އެންމެ ފުލުގައި މުގުރާފައި ހުރި އޯރިއޯ ބިސްކޯދުގެ ލޭޔަރެއް އަޅާލާށެވެ. ދެން އޭގެ މައްޗަށް ޗޮކްލެޓް ކްރީމް އަޅާލާށެވެ. މިގޮތައް ލޭޔަރ ތައް ރިޕީޓް ކޮށްލާށެވެ. ދެން ތަށީގެ މަތީގައި ވިޕިންގ ކްރީމާއި މުގުރި އޯރިއޯ ބިސްކޯދު ބޭނުން ކޮށްގެން ރީތިކޮށް ގާނިޝް ކޮށްލާށެވެ.

- ކޮމެންޓް