ނޯ ބޭކްޑް ޗޮކްލެޓް ސްވިސް ރޯލް
23 މެއި 2018 | ބުދަ 10:06
ނޯ ބޭކެޑް ޗޮކްލެޓް ސްވިސް ރޯލް
ނޯ ބޭކެޑް ޗޮކްލެޓް ސްވިސް ރޯލް
ޓޭސްޓްމޭޑް

ބޭނުންވާނެ ތަކެތި:

  1. 35-30 މާރީ ބިސްކޯދު
  2. ½ ޖޯޑު ކިރު
  3. ހަތަރު މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
  4. އެއް މޭޒުމަތީ ސަމުސާ ކޮފީ
  5. ދެ މޭޒުމަތީ ސަމުސާ ޕައުޑަރ ޝުގަރ
  6. ދެ މޭޒުމަތީ ސަމުސާ ބަޓަރ

ފިލިންގ އަށް ބޭނުންވާނެ ތަކެތި:

  1. އެއް ޖޯޑު ކާށި ހުނި (ހިމުންކޮށް މުގުރާފައި)
  2. ތިން މޭޒުމަތީ ސަމުސާ ކޮންޑެންސް މިލްކް
  3. ދެ މޭޒުމަތީ ސަމުސާ ޕައުޑަރ ޝުގަރ

ހައްދަވާނެގޮތް:

ބިސްކޯދުތައް މުގުރާފައި ކޮކޯ ޕައުޑަރާއި ކޮފީކޮޅާއި ބަޓަރާއި ހަކުރު އެއްކޮށްފައި މިލްކް އަޅައިގެން މޮޑެފައި ބަހައްޓާށެވެ. ދެން ފިލިންގ އަށް ބޭނުންވާ ހުރިހައި ތަކެތި އެއްކޮށްލާށެވެ. އަދި ބޭކިން ޕެޕަރ ގައި ބަޓަރ ހާކާފައި ބިސްކޯދު މިކްސް އޭގެ މައްޗައް އަޅައި 3 ސެންޓިމީޓަރު ހުންނަ ވަރަށް ބޯކޮށް ދަމާފައި އޭގެ މައްޗަށް ފިލިން އެޅުމަށްފަހު ރޯލެއްހެން އޮޅާލާށެވެ.

- ކޮމެންޓް