ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 20:20
ރަފައޭލް ނަޑާލް
ރަފައޭލް ނަޑާލް
މުހައްމަދު ޝަރުހާން
އޭޓީޕީ ވާރލްޑް ޓުއަރ
އިޓާލިއަން އޯޕަން: ނަޑާލް އަދި ޖޮކޮވިޗް ސެމީއަށް
ސެމީއިން ނަޑާލް ޖާގަ ހޯދީ ފަބިއޯ ފޮގްނީނީގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދައިގެން

އިޓާލިއަން އޯޕަންގެ ސެމީ ފައިނަލުގައި ދުނިޔޭގެ ދެވަނަ ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަޑާލް އަދި ސާބިއާގެ ނޮވާކް ޖޮކޮވިޗް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތުގެ ސެމީއިން ނަޑާލް ޖާގަ ހޯދީ ކުއާޓާގައި ދުނިޔޭގެ 21 ވަނައިގައި ރޭންކް ކުރެވިފައިވާ އިޓަލީގެ ފަބިއޯ ފޮގްނީނީގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-4 އިން ފޮގްނީނީ ގެންދިޔައިރު ފަހުން ކުޅުނު ދެ ސެޓު 6-1 އަދި 6-2 އިން ގެންގޮސް ނަޑާލް ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މި މުބާރާތް ހަތް ފަހަރު ނަޑާލް ކާމިޔާބުކޮށްފައިވާއިރު މިއީ 2014 ވަނަ އަހަރުގެ ފަހުން އޭނާ މި މުބާރާތުގެ ސެމީއިން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ހަމައެހެންމެ ދުނިޔޭގެ އެއްވަނަ މަގާމު ހޯދަން ބޭނުންވާނަމަ އޭނާ މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ޖެހޭނެއެވެ.

ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ޖޮކޮވިޗް ސެމީއަށް ދަތުރުކުރީ ޖަޕާންގެ ކެއި ނިޝިކޯރީގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-2 އިން އިން ނިޝިކޯރީ ގެންދިޔައިރު ފަހުން ކުޅުނު ދެ ސެޓު ޖޮކޮވިޗް ގެންދިޔައީ 6-1 އަދި 6-3 އިންނެވެ.

މުބާރާތުގެ ދެވަނަ ސެމީގައި ކްރޮއޭޝިއާގެ މަރިން ޗިލިޗް ނުކުންނާނީ މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކުރި ޖަރުމަނުގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އެލެކްޒެންޑާ ޒްވަރޭވްއާ ދެކޮޅަށެވެ.

މިފަހަރުގެ ސެމީ ވެގެންދާނީ ޖޮކޮވިޗް އަދި ނަޑާލް އޭޓީޕީ ޓުއާރގައި ބައްދަލުކުރާނެ 51 ވަނަ މެޗަށެވެ. ޖޮކޮވިޗް މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ނަޑާލްއާ ދެކޮޅަށް ކުޅުނު 26 މެޗު ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ ނަޑާލް ވަނީ ޖޮކޮވިޗްގެ މައްޗަށް 24 ފަހަރު ކުރި ހޯދާފައެވެ.

 

- ކޮމެންޓް