ލެމަން ބްލޫބެރީ ރޯލްސް
15 މެއި 2018 | އަންގާރަ 22:45
ލެމަން ބްލޫބެރީ ރޯލްސް
ލެމަން ބްލޫބެރީ ރޯލްސް
މުހައްމަދު ޝަރުހާން
  • ބޭނުންވާނެ ތަކެތި:
  1. 250ގ. ފުއް
  2. 50ގ. އީސްޓް
  3. މިލްކް
  4. ފެން
  5. ދެ މެޒުމަތީ ސަމްސާ ބަޓަރު
  6. އެއް ސައިސަމްސާ ވެނީލާ އެސެންސް
  7. އެއް ބިސް
  8. ލޮނު ކޮޅެއް
  9. މެލްޓް ބަޓަރ މަތީގައި ހޭކުމަށް
  • ފިލިންގ އަށް:
  1. ¼ ޖޯޑު މެލްޓް ބަޓަރު
  2. ½ ޖޯޑު ހަކުރު
  3. ލުނބޯ ތޮށިކޮޅެއް
  4. ފްރެޝް ބްލޫބެރީ
  • ގްލޭޒްއަށް:
  1. ¼ ކްރީމް ޗީޒް
  2. އެއް މެޒުމަތީ ސަމްސާ ބަޓަރު
  3. އެއް ޖޯޑު އައިސިންގ ޝުގަރ
  4. އެއް ސައިސަމްސާ ވެނިލަރ އެސެންސް
  5. އެއް ސައިސަމްސާ ލެމަންޖޫސް
  6. ދެ މެޒުމަތީ ސަމްސާ މިލްކް

ހައްދަވާނެގޮތް: ފުއްގަނޑު މޮޑެފައި ބާއްވާށެވެ. ދެން ފުއްގަނޑު ދެމުމަށްފަހު މަތީގައި ބަޓަރު ހާކާފައި ހަކުރު ބުރުވާފައި މައްޗައް ބްލޫބެރީ ބުރުވާފައި ލެމަން ޒެސެޓް ކޮޅެއް ގާނާފައި އަޅާށެވެ. ދެން ކަފާފައި ޓްރޭގައި އަތުރާފައި އިރުކޮޅެއް ވަންދެން ބަހައްޓާފައި މަތީގައި މެލްޓް ބަޓަރ ހާކާލާށެވެ. ދެން އަވަނުން 180 ގައި ބަހައްޓައިގެން ފިހާށޭވެ. ދެން ހިހޫވުމުން މައްޗައް ގްލޭޒް އަޅާށެވެ.

- ކޮމެންޓް