ކ. މާލެ
|
10 މެއި 2018 | ބުރާސްފަތި 19:56
މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗެއްގެ ތެރެއިން
މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗެއްގެ ތެރެއިން
އެފްއޭއެމް
މިނިވަން ޗެމްޕިއަންޝިޕް
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް މިރޭ
ފައިނަލްގަައި ވާދަކުރާނީ ތ. ތިމަރަފުށްޓާއި ށ.ފޯކައިދޫ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިރޭ ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ ވާދަކުރާނެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މި ދެ ޓީމު މިރޭ ފައިނަލް މެޗަށް ނުކުންނައިރު ދެ ޓީމުގެ އުއްމީދު ވެސް ހުރީ މުބާރާތް ކާމިޔާބު ކުރުމަށެވެ.

ތިމަރަފުށި ފައިނަލްގެ ޖާގައެއް ހޯދީ ހުކުރު ދުވަހު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބ. ފެހެންދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ގްރޫޕްގެ އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ތިމަރަފުއްޓަށް މި މެޗުގައި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު ނުވައެއް އަހުމަދު ތޯހިރް އަދި ބިދޭސީ ކުޅުންތެރިޔާ ކަމަށްވާ ޖާޒީ ނަމްބަރު 28 ކުއާސީ ޖީންއެވެ. ގްރޫޕްގެ ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ފެހެންދޫއަށް މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 14 އާދަމް ނަސީމްއެވެ.

ފޯކައިދޫ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ހޮނިހިރު ދުވަހު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފ. ނިލަންދޫގެ މައްޗަށް 2-0 ގެ ނަތީޖާކުން ކުރި ހޯދައިގެންނެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ފޯކައިދޫއަށް މި މެޗުގައި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 22 މުހައްމަދު ފާރިޝް އިބްރާހިމް އަދި ޖާޒީ ނަމްބަރު 11 ހުސައިން ނިޝާންއެވެ. ނިލަންދޫ ސެމީއަށް ދަތުރުކުރީ ގްރޫޕްގެ އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ސެމީ ފައިނަލުން ބަލިވި ނަމަވެސް ފެހެންދޫ އަދި ނިލަންދޫއަށް ވެސް ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ޔަގީންވެފައެވެ. އެ ދެ ޓީމާއެކު ފައިނަލްގައި ވާދަކުރާ ތިމަރަފުއްޓާއި ނިލަންދޫ ވެސް ޕްރިމިއާ ލީގުން މިއަހަރު ފެންނާނެއެވެ. ތިމަރަފުށި ވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލްގައި ވެސް ވާދަކޮށްފައެވެ. އެފަހަރުގެ ފައިނަލުން އެ ޓީމު ބަލިވީ ބ. އޭދަފުށި އަތުންނެވެ. ޕްރިމިއާ ލީގުގައި ވާދަކުރާނީ މި ހަތަރު ޓީމުގެ އިތުރުން އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމެވެ.

މި ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު ކުޅޭނީ މިރޭ 21:00 ގައެވެ.

- ކޮމެންޓް