ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އެކަމަނާގެ ފިރިކަލުންގެ ވެރިކަން ދިފާއު ކުރެއްވުމަށްޓަކައި ލައްކަ ކަންކަން ގެންދަވަނީ ކުރައްވަމުންނެވެ. ފިރިކަލުންނަށާއި ފިރިކަލުންގެ ސަރުކާރަށް ތާއީދު ހޯއްދެވުމަށެވެ. ފިރިކަލުންނަށް ކުރައްވަން ކެރިވަޑައި ނުގަންނަވާ ނުވަތަ ފިރިކަލުންނަށްވުރެ ގިނަ ކަންކަން އެކަމަނާ ގެންދަވނީ ކުރައްވަމުންނެވެ. ރަށްރަށަށް ވަޑައިގެން ހާލު ބެއްލެވުމާއި ސިޓީއުރަ ބެއްސެވުމެވެ. މެންބަރުން ލައްވާ ޕެނަޑޯލްއާއި ޗޮކްލެޓް ޕާރުސަލް ކުރެއްވުމެވެ. ފައުންޑޭޝަން ހައްދަވައިގެން ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަމާއެކު ނަންފުޅުގައި އެހީތެރިކަން ފޯރުކޮށްދެއްވުމެވެ. ސައޫދީން ދޭ ކަދުރުކޮޅުގައި ލޭބަލް ތަތްކޮށްގެން ބެއްސެވުމާއި މުލިއާގެއިން ކާޑުގެ ބާވަތްތަކުގެ ހަދިޔާތައް ބެހުންފަދަ ކަންކަމެވެ.
އެކަމަނާގެ މިކަންކަމަށް ބައިމީހުންކޮޅު ތައުރީފްކޮށް ހުޝާމަދުގެ ބަސްތައް އޮއްސަމުންދާއިރު އެތައް ބައެއްގެ ނުރުހުމާއި ފާޑުކިއުންވެސް ވަނީ އަމާޒު ވެފައެވެ. އެފަދަ ބޮޑު ފާޑުކިއުމެއް އަނެއްކާވެސް މިވަނީ އަމާޒުވެފައެވެ.
Kithanme dhera nikametchas, kithanme kuda kotari akas, bayaku nidhaa kotariah emeehun husfayaa thihbaa faivaanuga vanna meehehge adhabu ahklaaguge kanfulhehves neiykan yageen. Bodaakan dhehkiyas boduvaru. Gedhoraky hurumaiytheri thanthan. Ihuthiraam kurey! pic.twitter.com/OVB7Zd4tzu
— Shamau Shareef (@schamau) May 7, 2018
ފަސްޓް ލޭޑީ ކުރިއަށް ގެންދަވާ "އެންމެ ގާތުން" ކެމްޕެއިނުގެ ތެރެއިން މާލޭގެ ހުރިހާ ހިސާބަކަށް އެކަމަނާ ވަޑައިގެން މީހުންގެ ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ފެއްޓެވި ހަރަކާތުގެ ތެރެއިންނެވެ. އެގޮތުން އެކަމަނާ ހޯމަދުވަހު 10 ގެއަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ޕީޕީއެމްގެ ސޯޝަލް މީޑިއާ ގުރޫޕުން ހާމަކުރި ފޮޓޯއެއްގެ ސަބަބުންނެވެ.
Rayyithumeehaage bad room Ai geyakeeves hurumaihtheri vegenvaa thanthaneve.
— Ali Riza (@AyyaRiza) May 7, 2018
Faivaanai eku vadhe ulhumee dhivehinge aadhakaadhayai ihuthiraamai fushoo arai huthuru kameh? pic.twitter.com/SqnyElU0Rr
އެފޮޓޯގައި ފެންނަނީ އުމުރުން ދުވަސްވީ މީހަކު އޭނާ އޮންނަ ބަލި އެނދުގެ ކުރިމަތީގައި މެޑަމް ފާތުން އިށީނދެ އިންނަވާ މަންޒަރެވެ. ފެންނަ ފެނުމަށް އެއީ އެބޭބެ ނިދާ އެނދެވެ. ތަރަފާލު އަޅާފައި އޮންނަ އެކޮޓަރި ގަނޑުގައި ހުންނަ ކުޑަކުޑަ އެއެނދުގައި ބާލީހަކާއި އެއްޗެހި އޮތެވެ. ކޮޓަރި ތެރެއިން އެމީހުން ދިރިއުޅެންޖެހިފައިވާ ހާލަތު އެނގެއެވެ. ގާތުގައި އަންހެނަކު އިނދެއެވެ. ބެލެވޭ ގޮތުގައި އެއީ އެބޭބެގެ އަންހެނުންނެވެ. އަދި ކޮންމެވެސް އަންހެނަކުވެސް އެކޮޓަރި ތެރޭގައި އެވަގުތު ހުރެއެވެ. އެފޮޓޯއަށް ފާޑުކިއުން އަމާޒުވީ މެޑަމް ފާތުން އިންނެވި ގޮތުންނެވެ. ތަރަފާލު އަޅާފައިވާ އެކޮޓަރިއަށް އެކަމަނާ ވެންނެވީ ފައިވާންފުޅާ އެކުގައެވެ. ދެންތިބި އެންމެން ތިބެނީ ހުސްފަޔާއެވެ. އެގޭ މީހުން ހުސްފަޔާ އެކޮޓަރިތެރޭގައި އެވަގުތު ތިބޭނީ ބެލެވޭ ގޮތުގައި އެމީހުން އެކޮޓަރިއަށް އަބަދުވެސް ހުސްފަޔާ ވަދެއުޅޭތީއެވެ.
Little campaign tip: Don’t walk into people’s homes/bedrooms wearing your sandals, especially if they are not wearing any. It’s disrespectful. pic.twitter.com/FPuhKCompD
— Mickail Naseem (@MickailNaseem) May 7, 2018
މިކަމާހުރެ އެކަމަނާއަށް ވަނީ ބޮޑު ފާޑުކިއުމެއް އަމާޒުވެފައެވެ. ސޯޝަލް މީޑިޔާގައެވެ. އެކިމީހުން އެކި ވާހަކަ ވަނީ އެކަމާ ގުޅޭ ގޮތުން ދައްކާފައެވެ.
އެންމެ ފޮޓޯއަކީވެސް އެއްހާސް ވާހަކައޭ ބުނާ ބީދައިން އެފޮޓޯއިން ލައްކަ ވާހަކަ ބުނެދީފިއެވެ. ހަމައެހެންމެ ފޮޓޯއަކުން އެތައް ފާޑުކިއުމެއްވެސް އަމާޒުވީއެވެ.