ކ. މާލެ
|
6 މެއި 2018 | އާދީއްތަ 08:29
މަހްލޫފް އިންޓަރވިއު ދެއްވަނީ: މިވަގުތުވެސް ހުންނެވީ ގޭ ބަންދުގައި
މަހްލޫފް އިންޓަރވިއު ދެއްވަނީ: މިވަގުތުވެސް ހުންނެވީ ގޭ ބަންދުގައި
ރާއްޖެއެމްވީ
ރައީސް މައުމޫންގެ ހާލަތު
ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވުމަކީ ދައުލަތުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް: މަހްލޫފް
ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅުއެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަން
އެމަނިކުފާނުގެ ގާތުގައި އަބަދުވެސް ފުލުހަކު ބަހައްޓަވާފައިވާކަމުގެ އަޑު ވަނީ އިވިފައި

ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވުމަކީ ދައުލަތުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާންކަންވެސް ކުރައްވާ މަޚްލޫފް މިގޮތައް ވިދާޅުވެފައި މިވަނީ ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސްވެ، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް ދޫނިދޫއަށް ވަޑައިގެންފައިވާ ކަމަށާއި އެމަނިކުފާނުގެ ގާތުގައި އަބަދުވެސް ފުލުހަކު ބަހައްޓަވާފައިވާކަމުގެ އަޑު އިވިފައި ވަނިކޮށެވެ.

ހޮނިހިރު ދުވަހުގެރޭ މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫންގެ ހާލުކޮޅު ގޯސްވެ އަނބިކަނބަލުން ނަސްރީނާ ދޫނިދޫއަށް ވަޑައިގެންނެވި ވާހަކައަކީ ސީރިއަސްކޮށް ދައުލަތުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅުއެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށްވެސް މަޚްލޫފް ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫންގެ އަރިހުގައި އަބަދުވެސް މީހަކު ހުންނަން ޖެހޭކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވަނީ އެމަނިކުފާނަށް ސިއްހީ މައްސަލައެއްކަމަށްވާ 'ބިނައިން ޕެރޮކްސިސްމަލް ޕޮޒިޝަނަލް ވަރޓިގޯ' (ބީ.ޕީ.ޕީ.ވީ) ޖެހިފައިވާތީއެވެ. މިބައްޔަށް މިދިޔަ ޑިސެމްބަރު މަހުވެސް ރައީސް މައުމޫނަށް ފަރުވާދެއްވާފައިވާކަމަށް އައިޖީއެމްއެޗް ގެ އީއެންޓީ ސްޕެޝަލިސްޓެއް ވިދާޅުވެ، ދެއްވާފައިވާ ލިޔުމެއް އާއިލާއިން ވަނީ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް