ކ. މާލެ
|
6 މެއި 2018 | އާދީއްތަ 08:22
ހުޅުމާލެ - ހިޔާ މަޝްރޫއުގެ ފްލެޓް އަޅާނީ ހުޅުމާލޭގައި
ހުޅުމާލެ - ހިޔާ މަޝްރޫއުގެ ފްލެޓް އަޅާނީ ހުޅުމާލޭގައި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހިޔާ މަޝްރޫއު
ކިއޫގައި ނުޖެހި ފްލެޓް ފޯމް ލިބޭނޭގޮތް ހަދަނީ
އާދީއްތަ ދުވަހު ފޯމް ދޫކުރަން ފަށާނެ
ފޯމް ދޫކުރާނީ ދަރުބާރުގެއިން
ހިޔާ މަޝްރޫއު ގެ ދަށުން އަޅާ ފްލެޓްތައް 12 ކެޓަގަރީއަކަށް ވަނީ ބަހާލާފަ

ސަރުކާރުގެ "ހިޔާ މަޝްރޫއު" ގެ ދަށުން އަޅާ 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިރު، ކިޔޫގައި ނުޖެހި ފަސޭހަކަމާއެކު ފޯމު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ ފްލެޓްތަކަށް ފޯމު ދޫކުރުން އާދީއްތަ ދުވަހު ފަށާނެއެވެ. ފޯމު ދޫކުރުމާއި މައުލޫމާތު ދިނުން ކުރިއަށްދާނީ ދަރުބާރުގޭގައެވެ. ހައުސިން މިނިސްޓްރީން ބުނީ މީގެ ކުރިން ފްލެޓަށް ހުޅުވާލުމުން، ފޯމު ނަގަން ކިޔޫ ހަދަން ޖެހުނު ނަމަވެސް މިފަހަރު ފްލެޓަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް، ކިޔޫގައި ނުޖެހި ފަސޭހަކަމާއެކު ފޯމު ލިބޭނެ ކަމަށެވެ.

ހުޅުމާލޭގައި ތަރައްގީކުރާ އެ 7000 ފްލެޓް ދޭން ހައުސިން މިނިސްޓްރީން ނިންމާފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި، 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި، ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި، ޓީޗަރުންނަށް 625 ފްލެޓާއި، އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ. މީގެއިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި ފްލެޓް ނުލިބުނު ފަރާތްތަކާއި، ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ.

"ހިޔާ މަޝްރޫއު" ގެ ދަށުން އަޅާ ފްލެޓްތައް 12 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ. ހިޔާ މަޝްރޫއު ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ގައެވެ. އެމަޝްރޫއުގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ފްލެޓް އެޅުމަށް އިއުލާނުކޮށްފައިވާއިރު ބައެއް ކުންފުނިތަކުން މިހާރު ވަނީ ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ވެސް ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް