ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 13:15
ގއ. މާމެންދޫ: އެ ރަށުގައި ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން
ގއ. މާމެންދޫ: އެ ރަށުގައި ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން
އެލްޖީއޭ
ޖިންސީ ކުށް
މާމެންދޫގައި ރޭޕެއް ނުކުރޭ، އެއީ ޖިންސީ ގޯނާގެ މައްސަލައެއް!
ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވޭ
ތުހުމަތު ކުރަނީ ޖިންސީ ގުނަވަނެއްގައި ހިފިކަމަށް
ފަރުވާއަށްފަހު އަންހެން ކުއްޖާ ވަނީ ދޫކޮށްލާފައި

ގއ. މާމެންދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީ ގޯނަ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައަކީ ރޭޕުގެ މައްސަލައެއް ކަމަށް ކުރިން ރިޕޯޓުކޮށްފައި ވީނަމަވެސް، ފުލުހުން ބުނީ އެއީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށެވެ.

ފުުލުހުންގެ މީޑިއާ އޮފިސަރަކު ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޒުވާން އަންހެން ކުއްޖެއްގެ ނުރުހުމުގައި އޭނާގެ ޖިންސީ ގުނަވަނެއްގައި އަތްލި ފިރިހެނެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހުގެ ރޭ މާމެންދޫއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ. 
މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައި ވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ވަގުތެއްގައި އެ އަންހެން ކުއްޖާ ފިހާރައަކަށް ގޮސްފައި، އެނބުރި ގެއަށްދިޔަ ވަގުތު އަނދިރި ގޯޅިއަކަށް ވެއްދުމަށްފަހު ކަމަށެވެ. އެކަމުގައި ހަތަރު ވަރަކަށް މީހުން ބައިވެރިވި ކަމަށް އަޑު ފެތުރިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ވެސް އެ ރަށަށް ދިޔަކަމަށް ޒައީމް ވިދާޅުވިއެވެ.

ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އަންހެން ކުއްޖާއަށް މާމެންދޫ ސިއްހީ މަރުކަޒުންނާއި ގއ. އަތޮޅު ހޮސްޕިޓަލުންވެސް ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް