ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 13:53
ރައީސް ޔާމީން އާއި މެޑަމް ފާތުން
ރައީސް ޔާމީން އާއި މެޑަމް ފާތުން
ރައީސް އޮފީސް
ރައީސް ޔާމީން
ރައީސް ޔާމިން ފަދަ ފިރިންނަށް ވުމަށް ހުރިހާ ފިރިހެނުންނަށް މެޑަމް ފާތުން އިލްތިމާސް ކުރައްވައިފި
ސިޔާސީ ކަންކަމުގައި އުޅެވެނީ ރައީސް ޔާމީން ފުރުސަތު ދެއްވާތީ
ރާއްޖެ ތަރައްޤީ ކުރުމަށް ރައީސް ޔާމީން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ
ތަރައްޤީ ދިފާޢު ކުރުމަށް ހުރިހާ ރައްޔިތުން ނުކުންނަން ޖެހޭ
ހަލުވި ތަރައްޤީ ދެމެހެއްޓޭނީ ރައީސް ޔާމީނަށް ރިޔާސީ އިތުރު ދައުރެއް ދީގެން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަދަ ފިރިއަކަށް ވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ހުރިހާ ފިރިހެނުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ހުކުރު ދުވަހުގެރޭ ވެރިކަން ކުރާ ޕީޕީއެމްއިން ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ފާތުމަތު އިބްރާހިމް ވިދާޅުވީ، ތިން ކުދިންގެ މައްމައެއްގެ އިތުރުން، މާމައަކަށް ވެސް ވެހުންނަވައި އެކަމަނާއަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ވެލެއްވެނީ ރައީސް ޔާމީން އެކަމަށް ފުރުސަތު ދެއްވާތީ ކަމަށާއި، ރައީސް ޔާމީންފެ ފަރާތުން ހުރިހާ ފިރިން ވެސް މިސާލު ނަގަންޖެހޭ ކަމަށެވެ.  

މި ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ރައީސް ޔާމީން ރާއްޖެއަށް ގެންނަވަމުން ގެންދަވާ ހަލުވި ތަރައްޤީ ދެމެހެއްޓޭނީ އެމަނިކުފާނަށް ރިޔާސީ އިތުރު ދައުރެއް ދީގެން ކަމަށް ވިދާޅުވެފައެވެ.

އެކަމަނާ ވިދާޅުވީ، ރާއްޖޭގައި އިސްލާމީ އުސޫލުތައް ހިންގައި، ރާއްޖެ ތަރައްޤީ ކުރުމަށް ރައީސް ޔާމީން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ޔާމީން އިސްކަމެއް ދެއްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ކަން މިހެން އޮތްއިރު، ރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ހުއްޓުމެއް އަންނަން އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށާއި، އެ ތަރައްޤީ ދިފާޢު ކުރުމަށް ހުރިހާ ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އާންމުކޮށް މިފަދަ ސިޔާސީ ޖަލްސާތަކުގައި ވާހަކަފުޅު ނުދައްކަވާ ފާތުމަތު އިބްރާހިމް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަނީ ރައީސް ޔާމީން ކޮށްދެއްވަމުން ގެންދަވާ ކަންކަމަށް ޝުކުރު ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް