ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 08:54
ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު
ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު
ރައީސް އޮފީސް
ދެ ފަނޑިޔާރުުންގެ މައްސަލަ
ފަނޑިޔާރުން ސިއްރު ހެކިބަސްދިނުމަކީ ޤާނޫނީގޮތުން ބޮޑުު ގޯހެއް: ދިޔާނާ
ދިޔާނާ އެގޮތަށް ވިދާޅުވީ ދެ ފަނޑިޔާރުންނާއި ދެކޮޅަށް ސިއްރު ހެކިބަސް ނަގަން ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން

ފަނޑިޔާރުން އައިޑެންޓިޓީ ވަންހަނާކޮށް، ސިއްރު ހެކިބަސްދިނުމަކީ ޤާނޫނީގޮތުން ވަރަށް ބޮޑު ގޯހެއް ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ. 

ދިޔާނާ އެފަދައިިން ވިދާޅުވީ، ހޮނިހިރު ދުވަހު ސިއްރު އަޑުއެހުމެއް ބާއްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ސިއްރު ހެކިބަސް ނަގަން ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގަ އެވެ. 

ދިޔާނާ ކުރެއްވި ޓުވީޓްގައި ވިދާޅުވީ ކާކުކަން ނޭނގޭގޮތަށް، ވަންހަނާކޮށް، ފަނޑިޔާރުން ސިއްރު ހެކިބަސް ދިނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އެ މީހަކާއިދެކޮޅަށް ހެކިބަސްދެއްވާ ފަނޑިޔާރަކު އެ މައްސަލަ ބައްލަވަން އިންނެވިޔަސް ނޭނގޭނެ ކަމަށް ދިޔާނާ ވިދާޅުވި އެވެ. 

އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ސިއްރުކޮށްގެން ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ އަޑުއެހުމުގައި ސިއްރުން ހެކިބަސް ނަގަން ނިންމާފައި ވަނީ ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތަށް ބެލެވެނީ ސިއްރު ހެކިން ހުށަހަޅާފައިވާ ސަބަބަށް ބަލާއިރު އެއީ ދެ ފަނޑިޔާރުން ކަމަށް ބެލެވޭތީ ކަމަށް ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް