ކ. މާލެ
|
4 މެއި 2018 | ހުކުރު 11:52
އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ (ފައިލް ފޮޓޯ)
އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަނީ (ފައިލް ފޮޓޯ)
ރާއްޖެ އެމްވީ
ފަގީރުންގެ ލިސްޓް
މިއަހަރުގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލައިފި
ފޯމް ބަލައިގަތުގެ ސުންގަޑި: މިމަހުގެ 15 ވަނަ ދުވަހުގެ 12:00 އަށް

މިއަހަރުގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކަށް އެފުސަތު ދަނީ ހުޅުވާލަމުން ނެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 06 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެއިއުލާނުގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރު ފަގީރުންގެ ލިސްޓްގައި ހިމެނިފައިވާ ފަރާތްތެއްނަމަ އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށާއި އެފަރާތްތައް މިއަހަރުގެ ފަގީރުންގެ ލިސްޓްގައި ހިމަނާފައިވާ ކަމަށެވެ.

އިއުލާންގައިވާ ގޮތުން މާލެއާއި އަތޮޅުތަކުން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން "ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ވުމށް އެދޭ ފޯމް" ފުރުއްވުމަށްފަހު އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ހުށަހެޅުން އެދޭ ކަމަށެވެ. އަދި މާލޭގައި ނަމަ އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމަށާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ގދ. ތިނަދޫގައި ފޯމް ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އިދާރާތަކުން ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެގޮތުން ސ. ހިތަދޫގައި އެ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ އައްޑޫ ސިޓީ ޔުނިޓުން ކަމަށާއި ސ. ހުޅުދޫ އަދި ސ. މީދޫއިން ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުޅުދޫގައި ހުންނަ ނަސްރިއްޔާ ޕްރީސްކޫލުން ކަމަށެވެ. މީގެއިތުރުން ސ. މަރަދޫ އަދި މަރަދޫފޭދޫ އިން ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސ. މަރަދޫގައި ހުންނަ ތަދްރީސުލް ޤުރްއާން ކްލާހުން ކަމަށާއި އަދި ސ. ފޭދޫއިން ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ފޭދޫގައި ހުންނަ ލޭންޑް އެންޑް ބިލްޑިންގ މުނިސިޕަލްޓީ ޑިޕާޓްމަންޓުން ކަމަށެވެ.

ފުވައްމުލަކުން ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކުގައި ހުންނަ ލޭންޑް އެންޑް ބިލްޑިންގ ހައުސިންގ ޔުނިޓުން ކަމަށާއި ތަނަދޫގައި ފޯމް ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ ތިނަދޫ މީޑިއާ ސެންޓަރުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އެއިއުލާނުގައި ވެއެވެ. އަދި ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ފަގީރެއްގެ ގޮތުގައި ބަލަނީ އާމްދަނީގެ ގޮތުގައި ދުވާލަކު 44 ރުފިޔާ ނުލިބޭ މީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 މެއި 2018 | ހުކުރު 08:02
an insult
what an insult to the underprivileged people