ކ. މާލެ
|
4 މެއި 2018 | ހުކުރު 11:47
އޯލެވެލް ޗޮޕް އެޗީވާސް އެވޯޑް 2016
އޯލެވެލް ޗޮޕް އެޗީވާސް އެވޯޑް 2016
ރައީސް އޮފީސް
އޯލެވެލް
އޯލެވެލް ޓޮޕް އެޗީވާޒް އެވޯޑު ފަސްކޮށްފި
ރަސްމިއްޔާތު ފަސްކުރަން ޖެހުނު ސަބަބު ބެލެނިވެރިންނަށް އަންގާފައެއް ނުވޭ

އޯ ލެވެލް "ޓޮޕް އެޗީވާޒް އެވޯޑު 2017"، އަންނަ ޖުލައި މަހުގެ ތެރޭގައި ބޭއްވުމަށް ފަސްކޮށްފިއެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ކުދިންނަށް ދޭ އެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު މިމަހުގައި ބޭއްވުމަށް ނިންމާފައި އޮތުމަށް ފަހު، ޖުލައި މަހުގައި ބޭއްވުމަށް ފަސްކޮށްފައިވާކަން މިހާރު ވަނީ ދަރިވަރުންގެ ބެލެނިވެރިންނަށް ވެސް އަންގައިފައެވެ. 


މިމަހު ފަހެއްގައި ރިހާސަލްތައް އޮންނާނެކަމަށާއި އަދި ޖަލްސާ އޮންނާނީ ހަތް ވަނަ ދުވަހުގެ ރޭކަމަށް ބެލެނިވެރިންނަށް އަންގާފައިވާތީ ގިނަ ދަރިވަރުން ވަނީ މިހާރު މާލެ ވެސް އައިސްފައެވެ. ރަސްމިއްޔާތު ފަސްކުރުމާއި ގުޅިގެން ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޯ ލެވެލް ޓޮޕް އެޗީވާޒް އެވޯޑު ދިނުމުގެ ރަސްމީ ހަފުލާގައި، ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑުދޭން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމި ނަމަވެސް ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުމާއި ގުޅިގެން ގަދަ 10 ގައި ހިމެނޭ ހުރިހާ ކުދިންނަށް އެވޯޑު ދޭން މިނިސްޓްރީ އިން ވަނީ ނިންމާފައެވެ.

ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 77 ޕަސެންޓަށް އިތުރުވެފައިވާއިރު ތިން މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް މިދިޔަ އަހަރުވަނީ 93 ޕަސެންޓަށް އިތުރުވެފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ. އަދި މިދިޔަ އަހަރަކީ އޯލެވެލް އިމްތިހާނުގައި ރާއްޖެ އެންމެ ރަނގަޅު ނަތީޖާ ހޯދި އަހަރުކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް