ކ. މާލެ
|
4 މެއި 2018 | ހުކުރު 11:38
މާލޭގެ މަގެއްގައި ފެންބޮޑުވެފައި
މާލޭގެ މަގެއްގައި ފެންބޮޑުވެފައި
މުހައްމަދު ޝަރުހާން
މޫސުން ގޯސްވުން
14 އަތޮޅަކަށް ޔެލޯ އެލާޓް: ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ
އެލާޓް ނެރެފައި ވަނީ ރ. އިން ފެށިގެން ގދ. އަށް

ރާއްޖޭގެ 14 އަތޮޅަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ. މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތައް ހިމެނޭ ގޮތަށް 14 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، އެލާޓް ދެމިއޮންނާނީ މިއަދު ހެނދުން ފެށިގެން މެންދުރު 12:00އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް ކުރަމުންދާ ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް