ކ. މާލެ
|
4 މެއި 2018 | ހުކުރު 09:15
ހއ.ދިއްދޫ ކައުންސިލްގެ އިދާރާ
ހއ.ދިއްދޫ ކައުންސިލްގެ އިދާރާ
ރާއްޖެއެމްވީ
ހއ.ދިއްދޫ
ކަރަންޓް ބިލް ބޮޑުވެގެން ދިއްދޫ ރައްޔިތުން މުޒާހަރާއަށް ނުކުންނަނީ
ދިއްދޫގައި މުޒާހަރާ ފަށާނީ އަދީއްތަ ދުވަހު 10:00 ގައި

ހއ.ދިއްދޫގެ ގެތަކުގެ އެޕްރީލް މަހުގެ ބިލް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އަންނަ އާދީއްތަ ދުވަހު މުޒާހަރާ ކުރަން ނިންމައިފިއެވެ.

ކަރަންޓް ބިލް ބޮޑުވި މައްސަލައިގައި މުޒާހަރާކުރަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) ދިއްދޫ ދާއިރާގެ ހިންގާ ކޮމިޓީން ވަނީ ނިންމައިފަ އެވެ.  

މި މުޒާހަރާ ކުރުމަށް ނިންމާފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެރަށު އިންޖީނުގޭގެ ދޮރުމަތީގައި ކަމަށެވެ.

ދިއްދީގެ އިތުރުން މާލެ އާއި ބައެއް އެހެން ރަށްރަށުގައި ވެސް ވޭތުވެދިޔަ ދެ މަހުގެ ކަރަންޓް ބިލް ބޮޑުވުުމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 މެއި 2018 | ހުކުރު 04:19
ދުވާފަރު މީހާ
ނުވާނެ ކަރަންޓްބިލް ބޮޑެއް ، ދިއްދޫ ރައްޔިތުންނަށް އަދި މި ސަރުކާރުގެ ހެޔޮފުޅުކަން ނުވިސްނެނީ ، ވިސްނުނީމަ ރަނގަޅުވާނެ